އިންޑިއާގެ މާޝަލް އާޓްސްގެ ތިން އެތުލީޓުންނަށް ސިޔާސީ ގޮތުން ދައުވާ އުފުލާފައިވާ ވިސާގެ މައްސަލައަކާ ގުޅިގެން ހަންގްޒޫ އޭޝިއަން ގޭމްސްގައި ވާދަ ނުކުރެވޭ ތީ އާއި އެ މައްސަލައިގެ ސަބަބުން "ނަފްސާނީ ގޮތުން ގެއްލުން ވެފައިވާ" ކަމަށް އެ ޓީމުގެ ބައިވެރިން އާދީއްތަ ދުވަހު ރޮއިޓާސް އަށް ކިޔައިދިނެވެ.
މި ތިން މީހުން ކަމަށްވާ މެޕުންގް ލަމްގޫ، ނިޔަމަން ވަންގްސޫ އަދި އޮނިލޫ ޓެގާ އަކީ އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަރޫނާޗަލް ޕްރަދޭޝްއަށް ނިސްބަތްވާ ތިން މީހުންނެވެ.
ވޫޝޫ އެތުލީޓުންނަށް ސްޓޭމްޕް ޖެހުމުގެ ބަދަލުގައި ސްޓެޕަލްޑް ޗައިނާ ވިސާ ދޫކޮށްފައިވާ ކަމަށާއި އޭގެ މާނައަކީ އިންޑިއާއިން ސްޓޭޕްލްޑް ވިސާ ސައްހަ ކަމަށް ބަލައިނުގަތުމުން ދަތުރު ނުކުރެވޭ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
"އެ މީހުންނާ އެކު ކޭމްޕްތަކުގައި ތަމްރީނުތައް ހެދިން، އެކަމަކު ވަރަށް ހިތާމަކުރަން އެ މީހުން ވެސް މި މަގާމަށް ދާން ވަރަށް މަސައްކަތް ކުރީތީ،" ފިރިހެނުންގެ ޗަންގްކުއާން ފައިނަލުގެ ހަ ވަނަ އަށް ދިއުމަށް ފަހު ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައި އަންޖުލް ނަމްޑިއޯ، 31، ބުންޏެވެ. "އެތުލީޓެއްގެ ހައިސިއްޔަތުން ވަރަށް ދެރަވޭ، އެކަމަކު އެކަން އޮތީ މިނިސްޓްރީގެ މައްޗަށް. އަޅުގަނޑަކަށް އެއްވެސް ކަމެއް ނުކުރެވޭނެ."
"ކޮންމެ ކުޅިވަރު ކުޅުންތެރިއަކު ވެސް ދެކޭނެ ހުވަފެނެއް މީ މި ބޮޑު މައިދާނުގައި ޕާފޯމް ކުރުން" ނަމްޑިއޯ ބުންޏެވެ.
ޗައިނާގެ ބޯޑަރު ސަރަހައްދުގައި ނެތް ނަމަވެސް އަރޫނާޗަލް ޕްރަދޭޝްއާ ކައިރީގައި އޮންނަ މަނިޕޫރަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ސޫރަޖް ސިންގް މަޔަންގްލަމްބަމް ވެސް ވަނީ އެ ހަބަރުން ކަންބޮޑުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް