ޗައިނާގެ 1.4 ބިލިއަން އާބާދީއަކީ އެ ގައުމުގެ ހުސް ގެތައް ފުރުމަށް ފުދޭ ވަރުގެ އާބާދީއެއް ނޫން: ކުރީގެ އޮފިޝަލް

ޗައިނާ ސަރުކާރުގެ ކުރީގެ އޮފިޝަލަކު ވިދާޅުވީ އެގައުމުގެ 1.4 ބިލިއަން މީހުންގެ މުޅި އާބާދީއަކީ އެގައުމުގައި މިހާރު ހުރިހާ ހުސް ގެތަކެއް ފުރުމަށް ފުދޭނެ މިންވަރެއް ނޫން ކަމަށެވެ. ޗައިނާގެ ރިއަލް އެސްޓޭޓ...

25 Sep 2023 | 16:54

ޗައިނާ ސަރުކާރުގެ ކުރީގެ އޮފިޝަލަކު ވިދާޅުވީ އެގައުމުގެ 1.4 ބިލިއަން މީހުންގެ މުޅި އާބާދީއަކީ އެގައުމުގައި މިހާރު ހުރިހާ ހުސް ގެތަކެއް ފުރުމަށް ފުދޭނެ މިންވަރެއް ނޫން ކަމަށެވެ.

ޗައިނާގެ ރިއަލް އެސްޓޭޓް ހަނގުރާމަތައް 2021 ވަނަ އަހަރު މަޝްހޫރުވެގެން ދިޔައީ ދުނިޔޭގެ އެންމެ ދަރަނިވެރި ކުންފުންޏަށް އިންޑަސްޓްރީގެ މަޝްހޫރު ކުންފުނި އެވަގްރާންޑޭ ވެ، ޑިފޯލްޓްވުމުންނެވެ.

އޭރު އެ ގައުމުގައި މަދުވެގެން 65 މިލިއަން ހުސް ގެތަށް ހުރި އިރު، އެއީ ފްރާންސްގެ މުޅި އާބާދީ ބަހައްޓަން ފުދޭނެ ތަނެއް ކަމަށް އިންސައިޑާ އިން ކުރިން ބުނެފައިވެ އެވެ.

"މިހާރު ކިތައް ހުސް ގެ އެބަހުރި؟ ކޮންމެ މާހިރަކު ވެސް ދެނީ ވަރަށް ތަފާތު ނަމްބަރެއް، އެންމެ ހަރުކަށި ކޮށް ގަބޫލުކުރަނީ މިހާރު ހުސްވެފައިވާ ގެތަކުގެ އަދަދު ތިން ބިލިއަން މީހުންނަށް ފުދޭނެ ކަމަށް،" ސްޓެޓިސްޓިކްސް ބިއުރޯގެ ކުރީގެ ޑެޕިއުޓީ ހެޑް ހީ ކެންގް ރޮއިޓާސް އަށް ވިދާޅުވި އެވެ. "އެ އަންދާޒާ ތަންކޮޅެއް ބޮޑުވެދާނެ، އެކަމަކު 1.4 ބިލިއަން މީހުންނަށް އެ ތަން ފުރައެއް ނުލެވޭނެ"

އިޤްތިޞާދީ ކުރިއެރުން ހަރުދަނާކުރުމަށް ޓަކައި ރައްކާތެރި އިންވެސްޓްމަންޓެއްގެ ގޮތުގައި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓަށް ޗައިނާއިން ޒަމާނުއްސުރެ ބަރޯސާވެފައި ވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އިތުރު ސަޕްލައިއެއް އުފެދި، އުސް އިމާރާތްތަކުގެ ނިމުމެއް ނެތް ސަފުތައް ހުސްވެގެން ހިނގައްޖެއެވެ.

"އެމީހުން އޯވާސަޕްލައިއެއް ހަދައިގެން އެތަން ވިއްކާލީ. އެހެންވީމަ ހުސްބިންތަށް ގިނައީ" ޓެކްސަސް އޭއެންޑްއެމް ޔުނިވާސިޓީގެ އިކޮނޮމިކްސް ޕްރޮފެސަރެއް ކަމަށްވާ ލީ ގަން 2021 ވަނަ އަހަރު އިންސައިޑާ އަށް ވިދާޅުވި އެވެ.

އަދި ގިނަ ޢިމާރާތްތައް ހުއްޓިފައި އޮތުމަށްފަހު ނުވަތަ މެދުތެރެއިން ދޫކޮށްލުމުން، ގިނަ ޢިމާރާތްތައް ވަނީ "ރޮޓެން-ޓެއިލް" ޕްރޮޖެކްޓްތަކަކަށް ވެސް ވެފައެވެ.

ޗައިނާގެ އިރުއުތުރުގައި އޮންނަ ޝެންޔަންގް ފަދަ ސިޓީތަކަކީ ޔޫރަޕްގެ ސްޓައިލްގެ ވިލާތަކާއެކު ޗައިނާގެ އަލްޓްރާ މުއްސަނދިންނަށް އާ ހޮޓް ސްޕޮޓްތަކެއްގެ ގޮތުގައި ބެލެވުނެވެ.

ނަމަވެސް 2010 ވަނަ އަހަރު ފެށި ޕްރޮޕަޓީ ކުންފުނި ގްރީންލޭންޑް ގްރޫޕްގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދިޔަ ތަރައްގީގެ މަޝްރޫއު ދޫކޮށްލީ އޭގެ ދެ އަހަރު ފަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް