ސައިކަލެއް ވަގަށް ނަގާފައިވާ މީހާ ފުލުހުން ހޯދަނީ

ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރީގައި ޕާކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މީހާ ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ތިރީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިހުނ...

25 Sep 2023 | 14:40

ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރީގައި ޕާކޮށްފައިހުރި ސައިކަލެއް ވަގަށް ނަގާފައިވާ މީހާ ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ތިރީގައިވާ ވީޑިއޯ އިން ފެންނަ މީހާއަކީ ގަލޮޅު ޕޮލިހުން ތަހުގީގުކުރަމުންދާ، ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެކެވެ.

https://youtu.be/I8ICDuD_ae8

ވީމާ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުސަތުގައި ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް