ދެވަނަ ދައުރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ކަރަންޓު ބިލު ކުޑަވާނެ: ޝަރީފް

ކަރަންޓު ބިލު ކުޑަވާނީ އެމްޑީޕީ ސަރުކާރެއްގެ ދެވަނަ ދައުރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ، ރޭ ރާއްޖެ ...

25 Sep 2023 | 06:54

ކަރަންޓު ބިލު ކުޑަވާނީ އެމްޑީޕީ ސަރުކާރެއްގެ ދެވަނަ ދައުރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ، ރޭ ރާއްޖެ ޓީވީއިން ގެނެސްދިން "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ، ކަރަންޓުގެ އަގު ހެޔޮ ކުރުމަށްޓަކައި ސްޓެލްކޯއަށް އާމްދަނީ ކުޑަވާނީ ކިހާވަރަކަށްތޯ ބެލުމަށްފަހު ކަނޑައެޅޭ ގޮތެއް އާއްމުކޮށް އިއުލާނު ކުރާނެ ކަމަށެވެ. ކަރަންޓު ރޭޓް ކަނޑައެޅުމަށްޓަކައި މިހާރު ދިރާސާ ކުރުމުގެ މަޝްވަރާތައް ފެށިގެން ދާކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ، ކަރަންޓް އަގު ހެޔޮ ވާނެ ވަކި ތާރީހެއް އަދި ދަންނަވަން އުނދަގޫ ކަމަށެވެ.

ދެވަނަ ދައުރުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އެ އުސޫލަށް އަމަލު ކުރެވެން ފެށޭނެ ކަމަށާއި ދެވަނަ ދައުރުގެ ފުރަތަމަ ދެތިން މަސް ތެރޭގައި ފެށޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، ކަރަންޓުގެ އަގު ދަށް ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ޔޫޓިލިޓީ ކުންފުނުތަކަކީ ފައިދާ ހޯދުމަށް ނުވަތަ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރާ ކުންފުނިތަކެއް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ހިދުމަތް ދދޭން އުފައްދާފައިވާ ކުންފުނިތަކެއް ކަމަށް ޝަރީފް ވިސާޅުވިއެވެ.

އެކަމުގެ ސަބަބުން ކުންފުންޏަށް ގެއްލުމެއް ލިބިދާނެ ކަމަށް އަންދާޒާ ނުކުރެވޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކިތަންމެ ގިނައިން ކަރަންޓު ބޭނުން ކުރި ނަމަވެސް ބިލު ބޮޑު ނުވާނެ ގޮތަށް ފްލެޓް ރޭޑް ކަނޑައަޅުއްވައި ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީއިން ކުރިއަށް ގެންދިޔަ ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ކެމްޕޭނަށް ދޮރުން ދޮރަށް ހިންގެވިއިރު، ކަރަންޓާއި ކުލި ބޮޑުކަމުގެ ޝަކުވާ އާއްމު ފަރާތްތަކުގެ ފުށުން އިވިފައިވާ ކަމަށެވެ. އަދި ކަރަންޓު ހެޔޮކުރަން ނިންމީ އެ ސަބަބާއެކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް