ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކޮށްފި

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކޮށްފިއެވެ. އިލެކްޝަނުން ހާމަކޮށްފައިވާގޮތުގައި ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރުމަށް 50047 ފޯމު ހުށަ...

25 Sep 2023 | 05:25

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމު ކޮށްފިއެވެ.

އިލެކްޝަނުން ހާމަކޮށްފައިވާގޮތުގައި ދެވަނަ ބުރުގައި ރީ ރަޖިސްޓަރ ކުރުމަށް 50047 ފޯމު ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 11282 ރިޖެކްޓް ކުރުމުން 38763 ވަނީ ރީ ރަޖިސްޓަރ ކޮށްފައެވެ.

ދެވަނަ ބުރުގައި ވޯޓު ލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 11 ހާހަށްވުރެ ގިނަ ފޯމު ސައްހަ ނޫންކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އެގޮތުން އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ 11284 ފޯމު ސައްހަ ނުވެ ރިޖެކްޓް ކުރެވިފައިވާކަމަށެވެ.

ރިޖެކްޓް ކުރަން ޖެހުނު ސަބަބުތަކުގެ ތެތޭގައި ހިމެނެނީ އޮންލައިންކޮށް ފޯމު ހުށަހެޅި އިރު ލައިވް ފޮޓޯގެ މައްސަލައާއި އައިޑީ ކާޑުގެ އެއް ފަރާތް ހުށަހަޅާފައިވުމާއި މުއްދަތު ހަމަވެފައިވާ ލިޔެކިޔުން ހުށަހެޅުމާއި މިފަދަ ކަންކަމުގެ ސަބަބުން ކަމަށެވެ.

ރީ ރަޖިސްޓްރޭޝަންއަށް ޝަކުވާ ހުށަހަޅަން ހުޅުވާލުމަށްފަހު ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އީސީން އާއްމު ކުރީ މިއަދުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް