ވިއްސާރައާ ގުޅިގެން ހަތަރު ރަށެއްގެ 84 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

މި މަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު ހަތަރު ރަށެއްގެ 84 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ...

25 Sep 2023 | 05:03

މި މަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ވިއްސާރައާ ގުޅިގެން ގެއްލުން ލިބުނު ހަތަރު ރަށެއްގެ 84 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

މި މަހު ރާއްޖެއަށް ކުރި ވިއްސާރައިގައި، ގެއްލުން ލިބިގެން އެންޑީއެމްއޭއަށް ރިޕޯޓް ކޮށްފައި ވަނީ ޅ. ކުރެންދޫގެ 66 ގެއާއި އއ. އުކުޅަހު 15 ގޭގެ އިތުރުނއ އއ. ފެރިދޫ ގެއަކާއި  ސ. ފޭދޫ ދެ ގެއަކަށް ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އެހެންކަމުން ލިބުނު ގެއްލުން ވަޒަންކޮށް ނިމި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައި ވާކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު ވެހުނު ވބޯ ވާރެއާއެކު ކުރެންދޫގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިޔާގެ އެހީތެރިކަމާއި އެކު ރަށުގައި ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ. އެ މިހާދިސާގެ ސަބަބުން ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް  ކައުންސިލާއި ގުޅިގެން އެންޑީއެމްއޭއިން ކޮށްފައި ވެއެވެ.

މޫސުން ގޯސްވެ، ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން، މި މަސް ފެށުނު އިރު ޔެލޯ އެލާޓްވެސް ނެރެފައި ވެއެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، މަ މަހުގެ މެދުތެރެއިން ވައިޓް އެލާޓްވެސް ނެރެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް