އެމްޑީޕީއާ މަޝްވަރާ ކުރުމަށް ނިންމާ، ކޯރަމް ހަމަނުވާތީ މިއަދުގެ ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދެވެން ނެތިގެން ނިންމާލައިފިއެވެ. މިކަން އިއުލާނުކުރައްވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅު...

25 Sep 2023 | 04:29

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށްގެންދެވެން ނެތިގެން ނިންމާލައިފިއެވެ.

މިކަން އިއުލާނުކުރައްވަމުން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝިދު ވިދާޅުވީ ދެ މެންބަރުން މަދުވާކަމަށާއި އެހެންނަމަވެސް ކުޑަދަށުގައި ބައެއް މެންބަރުން އެބަ ތިއްބެވި ކަމަށެވެ.

އަދި ދެ މެންބަރުން މަދުވޭ

"ކަންބޮޑުވަނީ ކުޑަދަށުގައި ތިއްބަވާފައި އެތެރެއަށް ވަޑައި ނުގަންނަވާތީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިރުކޮޅަކު ބެއްލެވުމަށްފަހު ޖަލްސާ ނިންމަވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ މާދަމާ ޖަލްސާ ބާއްވަން ނިންމާނީ އެމްޑީއާއެކު މަޝްވަރާ ކުރުމަށްފަހުގައި ކަމަށެވެ.

މިއަދުގެ އެޖެންޑާގައި މައިގަނޑުގޮތެއްގައި އޮތީ ނިޒާމާއި ގުޅޭ ވޯޓާއި ގުޅިގެންމަޖިލީހުން ފާސްކުރި ގަރާރާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީގެ މައްސަލައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް