އަޒްހާން ގެއްލުން: ފުލުހުންގެ ތަހުގީގަށް ކުރިއެރުންތަކެއް

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒްހާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަން މިރޭ ހާމަކޮށްފިއެވެ. އެގޮތުން ފުލުހުން މިރޭ ހާމަކުރ...

25 Sep 2022 | 18:54

ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒްހާން ހޯދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާކަން މިރޭ ހާމަކޮށްފިއެވެ.

އެގޮތުން ފުލުހުން މިރޭ ހާމަކުރި މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި އަޒްހާން 18 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް ވަންގެ ގެސްޓްހައުސްއެއްގައި ހުރުމަށްފަހު ޓެކްސީއެއްގައި ހުޅުމާލެ ފޭސް ދެއަކަށް ފަތިހު ފަހެއް ޖަހާކަންކާއިރު ގޮސް އެއަށްފަހު އެހެން ޓެކްސީއެއްގައި ފޭސް އެކެއްގެ ހަމަ އެ ގެސްޓްހައުސްކައިރިއަށް ދިޔަކަން ފާހަގަކޮށްފައިވެއެވެ.

އަދި އަޒްހާން އެންމެ ފަހުން ފެނުނީ ހުޅުމާލޭ "ރެޑްބުލް ދަނޑު" ސަރަހައްދުންކަންވެސް ފުލުހުން މިހާރު މިވަނީ ދެނެގަނެ ހާމަކޮށްފައެވެ.

ފުލުހުން ބުނެފައިވާގޮތުގައި ކ. މާލޭ، ހ. ބޮޑިކަނދޮޅުގޭ މުހައްމަދު އަޒްހާން ގެއްލުނުކަން އޭނާގެ އާއިލާއިން ރިޕޯޓު ކުރީ 19 ސެޕްޓެމްބަރު ވަނަ ދުވަހުގެ ރޭ 19:00 އެހާކަންހާއިރުގައެވެ. ނަމަވެސް 18 ސެޕްޓެމްބަރުގެ ހެނދުނު 06:00 އިން ފެށިގެން އަޒްހާންގެ ހަބަރެއް ނުވާކަން މިރޭ ފުލުހުން ހާމަކޮށްފައިވެއެވެ.

އަޒްހާން ހޯދުމުގައި ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަށް އަދިވެސް އާންމުންގެ އެހީތެރިކަން ބޭނުންވާކަން މިރޭ ފުލުހުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް