ފިރިހެނުން ދެ ޖީބަށް އަތްޖަހާލައިގެން ތިބޭ މަންޒަރަކީ ވަރަށް އާންމުކޮށް ފެންނަ މަންޒަރެކެވެ. ނަމަވެސް ހުރިހާ ފިރިހެނުންނެއް ނޫނެވެ. ނަމަވެސް އެވްރެޖްކޮށް ދުނިޔޭގެ ގައުމުތަކުން 70 އިން ސައްތަ ފިރިހެނުންނަކީ މި ބުނާ ބާވަތުގެ ފިރިހެނުންކަމަށް ދިރާސާތަކުން ދައްކައެވެ. ވަކި ގައުމެއްގެ ވަކި މުޖުތަމަޢުއެއް ތަފާތެއް ނެތިއެވެ. ހުރިހާތަނެއްގައި ވެސް ދިރިއުޅޭ ފިރިހެނުންގެ ތެރޭގައި މިދެންނެވި ޖީބަށް އަތްޖަހާލާފައި ތިބޭ ފިރިހެނުން ތިބޭނެކަމީ ޔަގީންވާކަމެކެވެ.
އަހަރެމެންގެ މި ކުޑަކުޑަ ދިވެހި މުޖުތަމަޢުއަށް ނަޟަރުހިންގާލި ނަމަވެސް މިކަން ވަރަށް ސާފެވެ. ލައިގެން ހުންނަ ފަޓުލޫނު ނުވަތަ ޖީންސްގެ އަރިމަތީ ދެ ޖީބަށް އަތް ޖަހާލައިގެން ތިބޭ ފިރިހެނުން ނިސްބަތުން މި ރާއްޖޭގައި ވެސް މަދެއް ނުވާނެއެވެ.
އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ދެކޭ ގޮތުގައި ދެ ޖީބަށް އަތް ޖަހާލާފައި ތިބެނީ ސްމާޓް ނުވަތަ މާ ކޫލް ފިރިހެނުންނެވެ. ފަހަރެއްގައި އެހެން ވުންވެސް އެކަށީގެންވެއެވެ. ނަމަވެސް ޖީބަށް އަތްޖަހާ އެންމެން ނަކީ މިބުނާ ސްމާޓް ނުވަތަ ކޫލް ފިރިހެނުންނަށް ނުވެވެސް ހިނގައިދާނެއެވެ.
ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ފިރިހެނުން އާންމުކޮށް ޖީބަށް އަތް ޖަހާލައިގެން ތިބެނީ ޝައުގުވެރިކުރުވަނިވި ކޮންމެ ވެސް ކަމެއް މެދުވެރި ވުމުންނެވެ. އެގޮތުން ތަޖުރިބާކާރުން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ގިނަ ފިރިހެނުންގެ އަތްތައް ލައިގެން ހުންނަ ފަޓުލޫނު ނުވަތަ ޖީންސްގެ އަރިމަތީ ޖީބުތަކަށް އަތް ވަންނަނީ ކޮންމެ ވެސް ބުރުޝޫރަ ރީތި އަންހެނަކު ފެނުމުންނެވެ. ނުވަތަ ގަޔާވާފަދަ އަންހެނަކާއި ބައްދަލުވާ ހިނދުގައެވެ.
ފިރިހެނުން އެމީހުން ޝައުގުވެރިވާ އަންހެނަކާ ވާހަކަ ދައްކާއިރު ނުވަތަ ވާހަދައްކަން ހުންނައިރު، ގިނަފަހަރު ތިބެނީ ދެ ޖީބަށް އަތްޖަހައިގެންނެވެ. މިއީ ވަރަށް އާންމު މަންޒަރެކެވެ. އާންމުކޮށް ގިނަ ފިރިހެނުންގެ ދެ އަތް ޖީބަށް ވަންނަން ދިމާވާ އެންމެ ބޮޑު ސަބަބެއްކަމުގައި ތަޖުރިބާކާރުން ދެކެނީ ހިތްއެދޭ އަންހެނަކާއި ވާހަކަ ދެއްކުން ނުވަތަ ފެނުމުންނެވެ.
" އަންހެނަކު ފެންނައިރަށް ގިނަ ފިރިހެނުންނަށް ނުވަތަ ފިރިހެން ކުދިންގެ ދެ އަތް އޮޓޯއިން ގޮސް ލައިގެން ހުންނަ ފަޓުލޫނު ނުވަތަ ޖިންސްގެ ދެ އަރިމަތީ ޖީބަށް ވަންނަ މަންޒަރު ފެނުމަކީ އާންމުކަމެއް. މިއީ ހަޤީޤަތް." ދިރާސާކުރުމުގައި ހަރަކާތްތެރިވި އޮފިޝަލަކު ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް