މިދިޔަ އަހަރު ކޮންމެ ދުވަހަކު 90 އަށް ވުރެ ގިނަ ކުޑަކުދިން އިންޑިއާގައި ރޭޕްކޮށްފައިވޭ - އެންސީއާރުބީ

ނިމިގެން ދިޔަ 2021 ވަނަ އަހަރަކީ އިންޑިއާގައި ރެކޯޑް އަދަދަކަށް ކުޑަކުދިން ރޭޕްކޮށްފައިވާ އަހަރެއްކަމަށް އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ) އިން ހާމަކޮށްފިއެވެ. އެންސީއާރުބީ އ...

25 Sep 2022 | 13:36

ނިމިގެން ދިޔަ 2021 ވަނަ އަހަރަކީ އިންޑިއާގައި ރެކޯޑް އަދަދަކަށް ކުޑަކުދިން ރޭޕްކޮށްފައިވާ އަހަރެއްކަމަށް އިންޑިއާގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯ (އެންސީއާރުބީ) އިން ހާމަކޮށްފިއެވެ.

އެންސީއާރުބީ އިން އާންމުކުރި ތަފާސްހިސާބުތަކުގައި ވާގޮތުން ނިމިގެން ދިޔަ 2021 ވަނަ އަހަރު 33186 އަންހެން ކުޑަކުދިން ރޭޕްކޮށްފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ. އޭގެ ތެރޭގައި އެންމެ ގިނަ ރޭޕް ކޭސްތައް ރެކޯޑް ކުރެވިފައިވަނީ މަދިޔަ ޕްރަދޭސް އިން ކަމަށް ވެސް ރެކޯޑްކުރެވިފައިވެއެވެ އެގޮތުން މަދިޔަ ޕްރަދޭސް އިން އެކަނި ވެސް ނިމިގެން ދިޔަ އަހަރު 3522 އަންހެން ކުޑަކުދިން ރޭޕް ކޮށްފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.

މީގެ އިތުރުން ދެވަނަ އަށް އެންމެ ގިނަ އަންހެން ކުޑަކުދިން ރޭޕް ކުރިކަމަށް ރެކޯޑް ކުރެވިފައިވަނީ މަހާރަޝްތްރާގައެވެ. މަހާރަޝްތަރާގައި މިދިޔަ އަހަރު 3480 ކުދިން ރޭޕް ކޮށްފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އަދި މީގެ އިތުރުން ޓަމިލްނާޑޫގައި 3435 އަދި އުއްތަރު  ޕްރަދޭސްގައި 2749 އަދި ކަރުނާޓަކާގައި 2093 ކުޑަކުދިން ރޭޕް ކޮށްފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ.

މީގެ އިތުރުން އެންސީއާރުބީގެ ރެކޯޑްސްތައް ދައްކާ ގޮތުން ނިމިގެން ދިޔަ އަހަރު 312 ފިރިހެން ކުޑކުދިން ވެސް ރޭޕްކޮށްފައިވެއެވެ. ރިފިހެން ކުދިން އެންމެ ގިނައިން ރޭޕް ކުރިކަމަށް ރެކޯޑް ކުރެވިފައިވަނީ އުއްތަރ ޕްރަދޭސްގައެވެ. އުއްތަރު ޕްރަދޭސްގައި 96 ފިރިހެން ކުޑަކުދިން ރޭޕް ކޮށްފައިވާ ކަމަށް ވަނީ ރެކޯޑް ކުރެވިފައެވެ. މީގެ އިތުރުން ކެރަލާ ގައި 74، ހަރިޔާނާގައި 64، ޓަމިލްނާޑޫގައި 34، ވެސްޓް ބެންގާލްގައި 22 އަދި އުއްތަރަކާންދުގައި 8 ފިރިހެން ކުދިން ރޭޕް ކޮށްފައިވާ ކަމަށް ވަނީ ރެކޯޑްކުރެވިފައެވެ.

އެންސީއާރުބީގެ އޮފިޝަލަކު ހާމަކުރި ގޮތުގައި މިދިޔަ އަހަރު އިންޑިއާއިން ރޭޕް ކުރިކަމަށް ރެކޯޑް ކުރެވިފައިވާ އަންހެން ކުޑަކުދިންގެ ތެރެއިން ގިނަ ކުދިންނަނަކީ ގަދަ ކަމުން ބިރުދައްކައިގެން ކައިވެނި ކުރުވުމަށް ފަހު ޖިންސީގޯނާ ކޮށްފައިވާކުދިން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް