އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، ބްލެކްކުރި މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފި

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، ބްލެކް މެއިލް ކުރި މައްސަލައިގަ ފަސް މީހަކު ހައްޔަރު ކޮށްފި އެވެ. މި މައްސަލައިގަ ފުލުހުން ފަސް މީހަކު ހައްޔަރު ކުރި އެވެ. އެކަމަކު ބަންދާއި މެދު ގޮތެއ...

25 Sep 2022 | 11:19

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، ބްލެކް މެއިލް ކުރި މައްސަލައިގަ ފަސް މީހަކު ހައްޔަރު ކޮށްފި އެވެ.

މި މައްސަލައިގަ ފުލުހުން ފަސް މީހަކު ހައްޔަރު ކުރި އެވެ. އެކަމަކު ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭގެ ތެރެއިން ދެ މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިހާރު ހައްޔަރުގައި ތިބި އެމީހުން ވަނީ މަންޒަރުތައް ރެކޯޑުކޮށް އެ މަންޒަރުތައް ލީކުކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައި މީހުން ބްލެކްމެއިލް ކޮށްފައި ކަމަށެވެ. އެ މައްސަކައިގަ ހިމެނޭ މީހުން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައްވެސް އާންމު ކުރި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ ފުލުހުންގެ ހައްޔަރުގައި ތިބީ ބ. ދަރަވަންދޫ، އަކިރި، އުމުރުން 37 އަހަރުގެ ޙަމްދޫން ޢަބްދުﷲ އާއި ބ. ދަރަވަންދޫ، ހީމަ، އުމުރުން 24 އަހަރުގެ މުޙައްމަދު މިހާދު މުޞްޠަފާ އަދި ށ. ފުނަދޫ، ސީސްޓަރ، އުމުރުން 41 އަހަރުގެ މައުމޫން މޫސާ އެވެ.

މީގެ ތެރެއިން ހަމްދޫން އާއި މިހާދު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހު އެވެ. މައުމޫން ހައްޔަރު ކުރީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ފުލުހުން ބުނީ ހަމްދޫންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހައިދިނީ 15 ދުވަސް ކަމަށެވެ. މިހާދުގެ ބަންދަށް ހަތް ދުވަސް ދިން އިރު މައުމޫންގެ ބަންދަށް ކޯޓުން ޖަހައިދިނީ 10 ދުވަހުގެ މުއްދަތެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް