އަމީތާބު ބައްޗަންގެ ދަރިފުޅު ޝްވެތާ ބައްޗަން ނައްދާގެ ދެ ދަރިންގެ އެކައުންޓުގައި އޭނާ ބޭނުންވާ ވަރަށް އަދި ފައިސާ ނެތް ކަމަށް ބުނެފި އެވެ.
ޝްވެތާ ކައިވެނިކޮށްގެން އުޅެނީ ވިޔަފާރިވެރިޔާ ނިކިލް ނަންދާ އާއި އެވެ. ދެމީހުންގެ ކައިވެންޏަށް ދެ ދަރިން ލިބިފައިވާއިރު އެއީ މިހާރު މަސައްކަތް ކުރާ އުމުރުގެ ދެ މީހުންނެވެ.
ދެ ކުދިންގެ މުސްތަގުބަލާއި ގުޅޭގޮތުން ޝްވެތާ މީޑިއާގައި ބުނީ އޭނާ އަކީ ފައިސާގެ ގޮތުން މިނިވަން މީހެއް ނޫން ކަމަށެވެ. އަދިވެސް އެ މިނިވަންކަން ނެތުމުން ބޭނުންވަނީ ދަރިންނަށް އެ މިނިވަންކަން ހޯދައިދޭން ކަމަށް ބުންޏެވެ.
ޝްވެތާ ގަބޫލު ކުރާ ގޮތުގައި ދަރިންގެވެސް އެ ފެންވަރެއް އަދި ނެތެވެ.
އެގޮތުން ދެ ދަރިން އަމިއްލަ ދިރިއުޅުމުގައި މަސައްކަތް ކޮށްގެން ހޯދާ ފައިސާއިން ގޭ ކުލި ދެއްކޭ ވަރަށް މަދުވެގެން އެކައުންޓުގައި ފައިސާ ނެތުމަކީ އެމީހުން ކައިވެންޏާއި ހިސާބަށް ދިއުމަށް އޭނާ ރުހޭ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. ހާއްސަކޮށް ނަވްޔާ ނަވޭލީ ނަންދާ، ބައްޕަގެ ފައިސާއަށް ބަރޯސާވެގެން ދިރިއުޅުމުގައި ކުރިޔަށް ދިއުމަކީ އޭނާ އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ދޮށީ ދަރިފުޅު ކަމަށްވާ ނަވްޔާގެ އުމުރުން މިހާރު 25 އަހަރު ފުރިފައިވާއިރު އޭނާ އަކީ ވިޔަފާރިވެރި އެކެވެ. އޭނާ ވިޔަފާރީގައި ކުރިޔަށް ދަނީ ސިއްހަތާއި އަންހެނުންނާއި ގުޅުން ހުރި ދާއިރާއިންނެވެ.
ޝްވެތާގެ ހަގު ދަރިފުޅު އަގަސްޓްޔާ ނަންދާގެ އުމުރުން މިހާރު 21 އަހަރެވެ. އޭނާ ބޮލީވުޑަށް ނުކުންނަށް މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ފިލްމަކަށް ވާނީ "އާޗީ" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް