ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ފުރުމުގައި ސިޓީ ކައުންސިލުން އެހީތެރިވެދޭނެ

ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ. އެގޮތުން އެ ކައުންސިލުން މިއަދު ބުނެފައިވަނީ މާލެ ސަރަހައްދުން ދޫކ...

25 Sep 2022 | 10:51

ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ޕްރޮގްރާމަށް ފޯމު ފުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އެގޮތުން އެ ކައުންސިލުން މިއަދު ބުނެފައިވަނީ މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތު 15 އޮކްޓޯބަރ 2022ގެ ނިޔަލަށް އިތުރު ކުރުމާއި ގުޅިގެން  ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ފޯމު ފުރުމުގައި މި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ބެހެއްޓިފައި ހުންނާނީ މި ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިގައި (ތައިސޭކޮށިގައި) އަދި މި ކައުންސިލްގެ މާފަންނު އޮފީހުގައެވެ." އެ ކައުންސިލުން ބުނެފައިވެއެވެ.

އެ ކައުންސިލުން ބުނެފައިވާގޮތުގައި ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށް  މަތީގައި ދެންނެވިފައިވާ  ދެ ތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 22:00 އާ ހަމައަށް ފޯމް ފުރުމާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް