ވ. އާރަށް ކުއްޔަށް ދިނުމުގެ މައްސަލައިގަ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ހެކި ބަސް ނަގައި ނިންމައިފި އެވެ.
މި މައްސައިގެ ޝަރީއަތުގައި ހެކިބަސް ނެގުން ނިންމާލީ ދެ ފަރަރާތުން އެދޭ ހެކި ބަސްތައް ނަގާ ނިންމުމަށް ފަހު އެވެ.
މި މައްސަލައިގަ ދައުލަތުން ހުށަހެޅި ހެކިންގެ ތެތެރޭގައި ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހިމެނެ އެވެ.
ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހެކީގެ ތެރޭގައި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ޝާހިދު (ޝާޑު) އާއި މުހައްމަދު އިސްމާއިލް ހާޒިރުކޮށް ހެކިބަސް ނަގާފައިވެ އެވެ. އޭގެ އިތުރުން އެންމެ ފަހުން މިއަދު ބޭއްވި އަޑުއެހުމުގައި ކުރީގެ އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ހިމެނިވަޑައިގެންނަވަ އެވެ.
މި މައްސަލައިގަ ދެން ކުރިޔަށް އޮތީ ދެއަޑު އެހުމެވެ.
ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ހިންގި ކަމުގެ ތުހުމަތުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް