މީހުންގެ އެކައުންޓުން ވަގަށް ފައިސާ ނަގާ ހަތަރު މީހަކު ހޯދަން އިއުލާނުކޮށްފި

މީހުންގެ އެކައުންޓުން ވަގަށް ފައިސާ ނަގާ ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ. ފުލުހުން ވަނީ އެ ހަތަރު މީހުން ހިމެނޭ ދެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އޭގެން ފެންނަނީ ކޮންމެ ފަހަރަކު އޭގެ...

25 Sep 2022 | 09:29

މީހުންގެ އެކައުންޓުން ވަގަށް ފައިސާ ނަގާ ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.

ފުލުހުން ވަނީ އެ ހަތަރު މީހުން ހިމެނޭ ދެ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އޭގެން ފެންނަނީ ކޮންމެ ފަހަރަކު އޭގެން ދެ މީހަކު ވެގެން އޭޓީއެމްއަށް ގޮސް ފައިސާ ނަގާ މަންޒަރެވެ.

ސީީސީޓީވީ އެ ފުޓޭޖުތަކުން ފެންނަ ގޮތުގައި އެމީހުން އުޅެނީ ވަރަށް ހާސްވެ އަވަހަށް ފައިސާ ނަގައިގެން ދެވޭތޯ އެވެ. އަދި މީހަކު އާދޭތޯ ކޮޅު ކޮޅު ބަލާ ހޯދާތަން ފެނެ އެވެ.

https://www.youtube.com/watch?v=M8aDVzaHPFg&t=47s

އެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވީޑިއޯއިން ފެންނަ ހަތަރު މީހުންނަކީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައެއްގައި ތުހުމަތު ކުރެވޭ ބައެއް ކަމަށެވެ. އެކަމަކު މިހާތަނަށް ކުރި މަސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފައި ނުވާ ކަމަށް ބުންނެވެ.

ފުލުހުން ވަނީ އެމީހުންނާއި ގުޅޭ އެއްވެސް މައުލުމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފައި އެވެ. ފުލުހުން ވަނީ އާންމުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް