ވިސާޔާނުލާ ކިރްގިސްތާނަށް ދެން ދިވެހިންނަށް ދަތުރުކުރެވޭނެ

ވިސާޔާ ނުލާ ދިވެހިންނަށް ކިރްގިސްތާނަށް އަދި އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް ޒިޔާރަތްކުރެވޭނެފަދަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އދ ގެ އާންމު މަޖ...

25 Sep 2022 | 07:44

ވިސާޔާ ނުލާ ދިވެހިންނަށް ކިރްގިސްތާނަށް އަދި އެ ގައުމުގެ ރައްޔިތުން ރާއްޖެއަށް ޒިޔާރަތްކުރެވޭނެފަދަ އެއްބަސްވުމެއްގައި ދެ ގައުމުން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އދ ގެ އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ ގައުމުގެ ކެބިނެޓް މިނިސްޓަރުންނާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައެވެ.

ކިރްގިސްތާނުގެ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި މި އެއްބަސްވުމާއެކު ދެ ގައުމުގެ ރައްޔިތުންނަށް ވިސާ ފްރީ 30 ދުވަހުގެ މުއްދަތަށް ދަތުރު ކުރެވޭނެއެވެ. މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެއްބަސްވުމެއްކަމުގައި އެ ގައުމުގެ މީޑިއާއިން ރިޕޯޓްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް