ފައިނޭންޝަލް ކޮންޓްރޯލަރުކަމުން ރަޒީނާ އިސްތިއުފާ ދެއްވައިފި

ހަ އަހަރު ހިދުމަތް ކުރެއްވުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފިއެވެ. ރާއްޖޭގެ އޮންލައިން ނޫސް، "މިހާރު" ނޫހުގައި އޭނާއާ ހަވާލާދީ ރ...

25 Sep 2022 | 07:30

ހަ އަހަރު ހިދުމަތް ކުރެއްވުމަށްފަހު، ފިނޭންސް މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމުން ފާތުމަތު ރަޒީނާ އިސްތިއުފާ ދެއްވައިފިއެވެ.

ރާއްޖޭގެ އޮންލައިން ނޫސް، "މިހާރު" ނޫހުގައި އޭނާއާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި އޭނާ މަގާމުން އިސްތިއުފާ ދެއްވީ އިތުރަށް ތައުލީމު ހާސިލުކުރެއްވުމަށް ރާއްޖެއިން ބޭރުން ޕީއެޗްޑީއަށް ކިޔަވާތީއެވެ. ރަޒީނާ ޕީއެޗްޑީ ހައްދަވަނީ ފައިނޭންސާއި އެކައުންޓިން ދާއިރާއިން ކަމުގައިވެސް ރަޒީނާ އާ ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ރަޒީނާ ވަނީ 20 އަހަރު ސަރުކާރުގައި ހިދުމަތް ކުރައްވާފައެވެ. ފައިނޭންޝަލް ކޮންޓްރޯލަރ ގެ މަގާމަށް ރަޒީނާ އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް