20 އިންސައްތަ ޑިސްކައުންޓާއެކު އެސްޓީއޯ ހިޓާޗީ ފްރިޖު ޕްރޮމޯ ފަށައިފި

20 އިންސައްތަ ޑިސްކައުންޓާއެކު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހިޓާޗީ ފްރިޖު ޕްރޮމޯ ފަށައިފި އެވެ. އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން މިއަދުން ފެށިގެން މިއަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހާއި ހ...

25 Sep 2022 | 07:26

20 އިންސައްތަ ޑިސްކައުންޓާއެކު، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ހިޓާޗީ ފްރިޖު ޕްރޮމޯ ފަށައިފި އެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން މިއަދުން ފެށިގެން މިއަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހާއި ހަމައަށް ކުރިއަށް ދާނެ ކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯގެ ހުރިހާ ރީޖަނަލް ފިހާރަތަކެއްގައި ކަމަށެވެ.

މި ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ އައިޓަމްތަކުން 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކޮންމެ ހަފްތާއަކު ހޮވޭ ތިން ނަސީބުވެރިއަކަށް 1500 ރުފިޔާގެ ގިފްޓް ވޮއުޗަރއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ގިފްޓް ވޮއުޗަރގެ ދަށުން އިނާމުގެ ގޮތުގައި ސުޕަމާކެޓް އައިޓަމްސްގެ ގޮތުގައި ހިމެނޭ، އާއްމުކޮށް ފްރިޖުގައި ރައްކާކުރާ ބާވަތުގެތަކެތި އިނާމުގެ ގޮތުގައި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ޕްރޮމޯޝަންގައި ހިމެނޭ ފްރިޖްތަކުގެ ތެރެއިން ކުރައްވާ ކޮންމެ 1000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި މި ޕްރޮމޯޝަންގެ ކޫޕަން ލިބިވަޑައިގަންނަވާނީ ޑިޖިޓަލް ކޫޕަންއެއްގެ ގޮތުގައި ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް