ހެޔޮލަފާ ރަނގަޅު އެކުވެރިން

ކޮންމެ އިންސާނަކީ ވެސް އެއް އިންސާނަކުމެ އަނެއް އިންސާނެއްގެ އެހީތެރިކަމާއި ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެ މީހެކެވެ. މިކަން އަޅުގަނޑުމެންނަށް ކުޑަކުޑަ ކުއްޖަކުމެ ބޮޑުވެ އަންނައައުމުގައި އ...

25 Sep 2022 | 06:08

ކޮންމެ އިންސާނަކީ ވެސް އެއް އިންސާނަކުމެ އަނެއް އިންސާނެއްގެ އެހީތެރިކަމާއި ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ބޭނުންވާނެ މީހެކެވެ. މިކަން އަޅުގަނޑުމެންނަށް ކުޑަކުޑަ ކުއްޖަކުމެ ބޮޑުވެ އަންނައައުމުގައި އެހީތެރިކަން ފޯރުކޮށް ދޭ ފަރާތްތަކުން ވަރަށް ރަނގަޅަށްވެސް ފާހަގަވެއެވެ. މަންމަ ދަރިއަކަށް އެހީތެރިކަން ހުރިހައި ކަމެއްގައިވެސް ފޯރުކޮށްދެމުންދެއެވެ. އަދިހަމައެހެންމެ އެ ދަރިފުޅުބޮޑުވެ އެމަންމައަށް އެހީތެރިކަން ފޯރުކޮއްދެމުންދެއެވެ. މިރީތި އުސޫލުންވެސް އަންގައިދެނީ އެކަކު އަނެކަކަށް އެހީވުން އެއީ އިންސާނީ އަހުލާގުގެތެރޭގައިވާ ހަމަތަކެއްކަމެވެ. އަދި މާތް ސިފައެއްކަމެވެ.

އެގޮތުން މިލިޔުމުގައި އަޅުގަނޑު އަލިއަޅުވާލާނީ ރަނގަޅު ހެޔޮލަފާ ރަނގަޅު އެކުވެރިން ހޯދުމުގެ މައްޗަށެވެ.

ސައްކެއްވެސްނެތެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެކެވެ. ގުޅިގެން މަސައްކަތް ކުރުމަކީ ކުރިއެރުމަށް ކޮށިގެންދާ އަލި މަގެކެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އެކަކުއަނެކަކާ ގުޅިގެން އެކުވެރިކަމާއި އެކު މަސައްކަތް ކުރަންޖެހެއެވެ. އެކުވެރިކަމާއެކު ހެޔޮނިޔަތެއްގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮއްދިނުމަކީ އިސްލާމީ ރިވެތި އުސޫލެކެވެ. އެކަކު އަނެކަކަށް އެހީތެރިވުމަކީ އެއީ އިސްލާމް ދީން ވަރަށް ބޮޑަށް ބާރުއަޅާ ވެސް ކަމެކެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އަހަރެމެން ރަޙުމަތްތެރިން ނުވަތަ ހެޔޮލަފާ އެކުވެރިން މާނަ ކުރަންވީ ފެންނަ ކޮންމެ މީހެއްގެ ގޮތުގައެއްނޫނެވެ.

އެކުވެރިންނަކީ ނުވަތަ ހެޔޮލަފާ ރަޙުމަތްތެރިންނަކީ ތިމާއަށް އަޅާލައި، އޯގާތެރިވެ، ތިމާއަށް ލިބޭ ކޮންމެ ކުރިއެރުމެއްގައި އުފަލާއެކު ބައިވެރިވެ، ދިމާވާ ކޮންމެ ހިތާމައެއްގައި އެންމެގާތުން ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ މީހާއެވެ. އެހެންކަމުން، އަޅުގަނޑުމެން ރައްޓެއްސަކު ނުވަތަ އެކުވެރިޔަކު ޙިޔާރުކުރުމުގައި، މި ހުރިހާކަމަކަމަކަށް އިސްކަންދީ ބަލަން ޖެހެއެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ތިމާއަށް ހެޔޮއެދޭ ކޮންމެ މީހަކީ ހެޔޮ އެކުވެރިއަކަށް ވާ ފަދައިން ހަމަމިމޭރުމުން، ތިމާއަށް ގޯސްމަގުދައްކާ ކޮންމެ މީހަކީ ތިމާގެ ހަތުރެކެވެ. ތިމާގެ ދުސްމަނެކެވެ. އެހެން ކަމުން ކޮންމެ މީހަކުވެސް ވިސްނަންވި އެންމެ މުހިންމު ނުކުތާއަކީ އެކުވެރިން ޙިޔާރުކުރުމުގައި ތިމާއަށް ހެޔޮއެދޭ އޯގާތެރި، އަޅާލާ އެހީތެރިކަން ފޯރުކޮށްދޭ އެކުވެރިން ޙިޔާރުކުރާށެވެ. އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަންދަނެ ، ގުޅިގެން ކާމިޔާބީއާއި ހަމަޔަށްދާން މަސައްކަތް ކުރާ ބަޔަކަށް އަހަރެމެން ވަމާ ހިނގާށެވެ.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންގެ އެންމެހާ ހެޔޮލަފާ މިތުރުންނަށް، ގުޅިގެން މަސައްކަތްކުރުމުގެ ޙެޔޮ ތަޢުފީޤު މާތްﷲ މިންވަރުކޮއްދެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް