"އެމްޕީއެލް އޮކްޝަން ޕޯޓަލް" ތައާރަފް ކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން "އެމްޕީއެލް އޮކްޝަން ޕޯޓަލް" ތައާރަފް ކޮށްފި އެވެ. މިއީ ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލެކެވެ. މި ޕޯޓަލް ތައާރަފް ކޮށްފައިވަނީ އެމްޕީއެލްގެ 36 ވަނަ އަހަ...

25 Sep 2022 | 05:41

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން "އެމްޕީއެލް އޮކްޝަން ޕޯޓަލް" ތައާރަފް ކޮށްފި އެވެ.

މިއީ ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލެކެވެ. މި ޕޯޓަލް ތައާރަފް ކޮށްފައިވަނީ އެމްޕީއެލްގެ 36 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ. ނީލަން ކިޔާ ތަކެއްޗަށް ޚާއްސަ ޕޯޓަލްއާއެކު އިތުރު ޑިޖިޓަލް ދެ ޚިދުމަތެއް ވަނީ ތައާރަފުކޮށްފަ އެވެ.

އެމްޕީއެލް އިން ބުނީ "އެމްޕީއެލް އޮކްޝަން ޕޯޓަލް" ރާއްޖެ އެތެރެ ކުރުމަށް ފަހު ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައި ހުންނަ މުދާ އެމްޕީއެލް ސަރަހައްދަށް ނުގޮސް، ނީލަމުގައި ގަނެވޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި އެ ޕޯޓަލް މެދުވެރިކޮށް، ނީލަން ކިޔަން ނިންމާފައިވާ ތަކެތި ބަލައިލުމާއި ނީލަމަށް އެންމެ ފަހުން ހުށަހަޅާފައިވާ އަގުގެ މައުލޫމާތު ބެލޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން އެކުންފުނިން އަލަށް ތައާރަފުކުރި ޖޮބް ޕޯޓަލްއިން އެ ކުންފުނިން ހުސްވެފައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލައިލުމާއި ވަޒީފާއަށް އެދި ހުށަހެޅުމާއި އެ ހުށަހެޅުމާބެހޭ ފަހުގެ މައުލޫމާތު ބަލައިލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެމްޕީއެލް އިން މިއީ އެ ޕޯޓަލްތައް ތައާރަފު ކުރުމުގެ ބޭނުމަކީ އެމްޕީއެލްގެ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ވެސް މިހާރަށް ވުރެ އަވަހަށް އަދި ފަސޭހައިން ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް