ރަޝިއާ އާއި ގުޅެން ފެންނަ ނުފެންނަ ވޯޓު ލައްވަން ރަޝިއާ ސިފައިން، ޔޫކްރެއިންގައި ދޮރުން ދޮރަށް!

އާންމުން ބޭނުން ވަނީ ރަޝިއާގެ ހިމާޔަތުގެ ދަށުގައި ތިބެންތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ސިޓީތަކުގައި ކުރިޔަށް އެބަދެ އެވ...

25 Sep 2022 | 04:27

އާންމުން ބޭނުން ވަނީ ރަޝިއާގެ ހިމާޔަތުގެ ދަށުގައި ތިބެންތޯ ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ރަޝިއާ ސިފައިންގެ ބާރުގެ ދަށުގައި އޮތް ޔޫކްރެއިންގެ ސިޓީތަކުގައި ކުރިޔަށް އެބަދެ އެވެ.

ބައިނަލް އަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެފަދަ ސިޓީތަކުގެ ބޮޑެތި މަގުތަކުގައި ވޯޓު ފޮށި ބަހައްޓާފައިވާ ކަމަށެވެ. އާންމުކޮށް މީހުން މަގުމައްޗަށް ނުނުކުންނަ ސަރަހައްދުތަކުގައި ރަޝިއާ ސިފައިން ދަނީ ދޮރުން ދޮރަށް ހިނގައިގެން އާންމުން ލައްވާ ފެންނަ ނުފެންނަ ވޯޓު ލައްވަމުންނެވެ.

މި ވޯޓުގައި ތަފާތަކީ ޔޫކްރެއިން ރައްޔިތުން ފާހަގަ ޖަހާކަށް ނުޖެހެ އެވެ. ސިފައިން ކުރަނީ ސުވާލެވެ. ޔޫކްރެއިން ރައްޔިތުން އަނގަބަހުން ބުނަން ޖެހެނީ އާނއެކޭ ނުވަތަ ނޫނެކޭ އެވެ. ފާހަގަ ޖަހައި ދެނީ ރަޝިއާ ސިފައިންނެވެ.

މި ވޯޓާއި ގުޅޭގޮތުން ވާހަކަ ދެއްކި މީހަކު މީޑިއާގައި ބުނީ އެ ވޯޓު ނަގާއިރުވެސް ޔޫކްރެއިން ރައްޔިތުން ބޭނުންވާ ގޮތް އިނގޭނެ ކަމަށެވެ. އެހެން ކަމުން ވޯޓު އޮޅުވާލައިފި ނަމަ ވަރަށް ރަނގަޅަށް އެކަން އެނގޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ އެމީހުން ކައިރީ އެންމެން ބުނަމުން ދަނީ ރަޝިއާ ހިމާޔަތަށް ދާން ބޭނުން ނޫން ކަމަށެވެ.

އެހެން މީހަކު ބުނީ އެގެއަށް ގޮސް ވޯޓު ލާން އެދުމުން ރަޝިއާ އާއި ގުޅެން ބޭނުން ނޫން ކަމަށް ބުނި ކަމަށެވެ. އަދި ދެން ވާނީ ކިހިނެއްތޯ އެހުމުން ސިފައިންގެ މީހާ ޖަވާބުގައި އެއްވެސް ކަމެއް ނުވާނެ ކަމަށް ބުނި ކަމަށެވެ.

ޔޫކްރެއިންގެ ބައެއް ސަރަހައްދުތަކުގައި އާންމުން ދަނީ ކިޔޫ ހަދައިގެން ރަޝިއާ އާއި ގުޅެން ބޭނުން ނުވާ ކަމަށް ވޯޓުލަމުންނެވެ. މި ވޯޓު މިމަހުގެ27 ވަނަ ދުވަހުގެ ނިޔަލަށް ނެގުމަށް ހަމަޖެހިފައިވެ އެވެ.

ރަޝިއާ ސިފައިން ޔޫކްރެއިނަށް އަރައިގަތީ މިދިޔަ ފެބްރުއަރީ މަހުގެ24 ވަނަ ދުވަހު އެވެ. އޭގެ ފަހުން ޔޫކްރެއިންގެ ގިނަ ސިޓީތަކާއި ބައެއް ސަރަހައްދުތައް ވަނީ ރަޝިއާގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ރަޝިއާއިން މަސައްކަތް ކުރަމުން ދަނީ އެ ތަންތަނުގައި އެ ގައުމުގެ ވެރިކަން ހިންގާ ފައިސާ ބޭނުން ކޮށް ފައިން ބައިތިއްބައިގެން އަމަން ބަލަހައްޓާށެވެ. އެކަމަކު އޭގެ ތެރެއިން ބައެއް ސިޓީތަކުގެ ކޮންޓްރޯލް އަނެއްކާވެސް ޔޫކްރެއިން ސިފައިން ދަނީ ނަގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް