އިންޑިއާގައި ރޭޕެއްގެ ތުހުމަތުގައި އާމް އާދަމީ ޕާޓީގެ ގުޖުރާތުގެ ލީޑަރު ބާގޫ ވާލާ ހައްޔަރުކޮށްފިއެވެ.
އިންޑިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި ބާގޫ ވާލާ ހައްޔަރުކުރީ އުމުރުން 23 އަހަރުގެ އަންހެނަކު ރޭޕުކުރިކަމުގެ ތުހުމަތުގައެވެ.
މިދިޔަ ހުކުރު ދުވަހު ފައިލްކުރި އެ މައްސަލައިގާ ބުނެފައިވަނީ ބާގޫ ވާލާ އެޑްވަޓައިޒިން އެޖެންސީއެއް ހިންގާކައެވެ. އެ އަންހެން މީހާ ބާގޫ ވާލާގެ ފްލެޓަށް ގެންދިޔައީ އިސްތިހާރެއް ކުޅުވަންކަމަށްބުނެ ކަމަށާއި ގެންގޮސް ރޭޕުކުރީކަމަށް ފައިލްކުރި މައްސަލައިގާ ބުނެފައިވެއެވެ.
އާމް އާދަމީ ޕާޓީގެ ގުޖުރާތުގެ ލީޑަރު ބާގޫ ވާލާއަކީ މަޖިލިސް މެންބަރުކަންވެސް ވަރަށް ގިނަ ދުވަހު ކުރި ފަރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް