ސްޕެނިޝް ލީގު: އަލާވޭސް އަތުން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެ

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު އަލާވޭސް އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެފަހުގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ. ރަށުން ބޭރުގައި ކުޅުނު މިމެޗުން އއެތްލެޓިކޯ ބަލިވީ އަލްވޭސްއާއި ބައްދ...

25 Sep 2021 | 18:46

ސްޕެނިޝް ލީގުގައި ހޮނިހިރު ދުވަހު އަލާވޭސް އާއި ދެކޮޅަށް ކުޅުނު މެޗުން އެންމެފަހުގެ ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑް ބަލިވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗުން އއެތްލެޓިކޯ ބަލިވީ އަލްވޭސްއާއި ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން މާ ގިނައިރުތަކެއް ނުވެ އަލާވޭޒް އިން ވަނީ  ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވިކްޓޯ ލެގުއާޑިއާ އެވެ.

މި ލަނޑަށްފަހުވެސް އަލާވޭޒް އިން ރަނގަޅައް ކުޅެމުން ދިޔައިރު، އެޓީމުން ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މި ފުރުސަތުތަކުގެ ބޭނުން ހިފޭގޮތް ވަނީ ނުވެފައެވެ.

މި މެޗުން އެތްލެޓިކޯ ބަލިވިިއިރު، މިއީ އެ ޓީމުގެ މި ފަހަރުގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. އަދި އަލްވޭސް މޮޅުވި ފުރަތަމަ މެޗުވެސް މެއެވެ.

އަލްވޭސް އަތުން ވި ބައްޔާ އެކު އެތްލެޓިކޯ ލީގުގެ ތިން ވަނައަށް ވެއްޓުނުއިރު، އެޓީމު މިވަގުތު އޮތީ ކުޅުނު 7 މެޗުން 14 ޕޮއިންޓާއެކުގައެވެ. ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް އޮތީ އެއްމެޗު މަދުން ކުޅެ 16 ޕޮއިންޓާއެކުއެވެ. އަލާވޭޒް އޮތީ ފުލުން ދެވަނައިގައި 6 މެޗުން ތިން ޕޮއިންޓާއެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް