މައްސަލަ ބަލަމުން ދަނިކޮށް ހަގީގަތް އޮޅޭގޮތަށް ވާހަކަ ނުދެއްކުމަށް ވެމްކޯއިން އެދެފި

ހަޤީގަތް އޮޅޭފަދަ އެއްވެސް މޭރުމަކުން ވެމްކޯގެ މުވައްޒަފަކަށް ކުޑައިމީސް ބަހެއް ރައްދު ނުކުރަން ވެމްކޯއިން އެދިއްޖެ އެވެ. ވެމްކޯ އިން މިފަދަ މޭރުމަކުން ނޫސްބަޔާނެއް ނެރެފައި މިވަނީ މިއަދު ސޯޝަލް މީޑިޔ...

25 Sep 2021 | 15:34

ހަޤީގަތް އޮޅޭފަދަ އެއްވެސް މޭރުމަކުން ވެމްކޯގެ މުވައްޒަފަކަށް ކުޑައިމީސް ބަހެއް ރައްދު ނުކުރަން ވެމްކޯއިން އެދިއްޖެ އެވެ.

ވެމްކޯ އިން މިފަދަ މޭރުމަކުން ނޫސްބަޔާނެއް ނެރެފައި މިވަނީ މިއަދު ސޯޝަލް މީޑިޔާ އަދި ހަބަރު ފަތުރާ ވަސީލަތްތަކުން ދައުރު ކުރަމުންދާ އެކޯޕަރޭޝަނުގެ ވެށި ފާރަވެރިޔެއް ހިމެނޭ ވީޑިޔޯ އަކާއި ގުޅިގެންނެވެ.

ވެމްކޯގެ ނޫސްބަޔާނުގައިވާގޮތުން އެމައްސަލަ ރައްދުވާ ކަސްޓަމަރާއި، މައްސަލަ ދިމާވި ގޭބިސީއަށް ވެމްކޯއިން ވަނީ ޒިޔާރަތްކޮށް މައްސަލަ ހިނގިގޮތް ބަލާފައެވެ. އަދި ވާނީ މާފައްވެސް އެދިފައެވެ.

ވެމްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި އެ ވެށިފާރަވެރިޔާއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތެކެވެ.  ނަމަވެސް މީގެ ކުރިން މިފަދަ އެއްވެސް އަމަލެއް އޭނާގެ ފަރާތުން ފާހަގަ ކުރެވިފައި ނުވެއެވެ.

އިތުރަށް ބަޔާނުގައި ބުނ ކުންފުނީގެ ޢިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ އެކި އެކި ފަރުދުން ދަނީ އެ ކުންފުނީގައި މަސައްކަތް ކުރަމުންނެވެ. ނަމަވެސް މައްސަލައިގެ ބާވަތުން އެ މުވަައްޒަފު ވަނީ  ވަގުތީ ގޮތުން ވަޒީފާގެ ޒިންމާއިން އެކަހެރި ކުރެވިފައެވެ.

އެހެން ކަމުން މައްސަލަ ބަލަމުންދާ މިދަނޑިވަޅުގައި ހަޤީގަތް އޮޅޭނެ ފަދަ މޭރުމުން ވާހަކަ ނުދެއްކުމަށް އެދޭ ކަމަށެވެ. އަދި މިފަދަަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ހިދުމަތް ފޯރު ކޮށްދިނުމުގެ ކަންކަން ކުރެވެމުންދާކަންވެސް ބުނެ އެވެ.

އާންމުވެގެން އުޅޭ ވީޑިއޯ ގައި ފެންނަނީ ވެމްކޯގެ މުވައްޒަފަކު ގެއެއްގެ ސިޑި މައްޗަށް ހީސްލާ މަންޒަރެވެ. އާންމުވެގެން އުޅެނީ އެގޭ ސީސީޓީވީ ފުޓޭޖެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް