މިއަދު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ މެދު އުތުރު ޕްރޮވިންސްގެ ރައީސްކަން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ކާމިޔާބު ކުރައްވައިފި އެވެ.
އޭނާ އާއިއެކު އެ ދާއިރާގެ ރައީސް ކަމަށް އިތުރު ދެ ކެންޑިޑޭޓަކު ވާދަ ކުރެއްވި އެވެ. މި ދާިއރާގައި ހިމެނެނީ ކ. އަދި އއ. އދ. އަދި ވ އަތޮޅުގެ ރަށްތަކެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން މިހާތަނަށް އިއުލާނު ކުރި ވޯޓު ފޮށީތަކުގެ ތެރެއިން މަފްހޫލަށް ކުރި ނުލިބެނީ ކ. ދިއްފުށީ ވޯޓު ފޮށިން އެކަންޏެވެ. ބައެއް ފޮށިތަކުން އޭނާ ވަނީ 95 ޕަސެންޓަށްވުރެ ގިނަ ވޯޓު ހޯދާފަ އެވެ.
ވަރަށް ވާދަވެރިކޮށް ކުރިޔަށް ދިޔަ މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބައެއް މުހިންމު ގޮނޑިތައް ކާމިޔާބު ކުރަމުންދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅުންނެވެ.
އެކަމަކު މާލޭގެ ރައީސްކަން ރައީސް ސޯލިހަށް ތާއީދު ކުރައްވާ އަކްރަމް ކަމާލުއްދީން ބަލި ކުރައްވާ ކާމިޔާބު ކުރެއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި ވާދަ ކުރެއްވި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް