މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގައި ރ. އަތޮޅު ދާއިރާގެ ދާއިރާގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ބިގޭ އިންތިޚާބުކޮށްފިއެވެ.
ބިގޭ، އިންތިހާބު ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން މުހައްމަދު (ހަސަންޓޭ)އާ ވާދަކޮށްގެންނެވެ. ހަސަންޓޭއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެކެވެ.
އެމްޑީޕީގެ އަލިފުށީ ދާއިރާގެ ރައީސްގެ އިންތިހާބުގެ ކެމްޕޭނު ފާހަގަކޮށްލެވިފައިވަނީ އެންމެ ފޯރިގަދަ ކެމްޕޭނުގެ ގޮތުގައެވެ. ބިގޭގެ އިތުރުން ހަސަންޓޭ ވެސް ވަނީ އެ ދާއިރާގައި ވަރުގަދަ ކެމްޕޭނެއް ކުރައްވައިފައެވެ.
އަލިފުށީ ދާއިރާގައި ހިމެނެނީ އަލިފުށީ، ވާދޫ، ރަސްގެތީމް އަދި އަނގޮޅިތީމު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް