ޕާރސަނަލް ކޮމްޕިއުޓަރސްގެ ބްރޭންޑް އެމްބެސެޑަރަކަށް، ޒުވާން މަސްވެރިޔާ ސާޖިން ހަމަޖައްސައިފި

ޕާރސަނަލް ކޮމްޕިއުޓަރސްގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ހަމަޖައްސައިފި އެވެ. ރާއްޖޭގައި މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައިގެ ބްރޭންޑް އެމް...

25 Sep 2021 | 14:39

ޕާރސަނަލް ކޮމްޕިއުޓަރސްގެ ބްރޭންޑް އެމްބެސެޑަރަކަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި މަޝްހޫރު ގިނަ ބްރޭންޑްތަކެއްގެ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައިގެ ބްރޭންޑް އެމްބެސެޑަރގެ މަގާމަށް އޭނާ ހަމަޖެއްސުމުން އެފިހާރައިން ހިންގާ މުހިންމު ހުރިހާ ހަރަކާތެއްގައި ސާޖިން ބައިވެރިވާނެ އެވެ.

ގއ. ގެމަނަފުއްޓައް އުފަން ސާޖިން މަޝްހޫރު ވެފައިވަނީ އޭނާ ކުރާ މަސައްކަތް ކަމަށްވާ މަސްވެރިކަމާއި ގުޅުވައިގެން ޒުވާން މަސްވެރިޔާގެ ނަމުން ނެވެ.

ސާޖިން ދަނީ މަސްވެރިކަމާއި ގުޅޭ އެތަކެއް ފޮޓޯއަކާއި ވީޑިއީއެއް ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން ނެވެ.

ޕާރސަނަލް ކޮމްޕިއުޓަރސްގެ ބްރޭންޑް އެމްބެސަޑަރަކަށް ވުމުގެ އިތުރުން ސާޖިންއަކީ އުރީދޫ މޯލްޑިވްސްގެ ވެސް އެމްބެސެޑަރ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް