މިއަދު ހެނދުނު ފެށި އެމްޑީޕީގެ އިންތިޚާބުގެ ބައެއް ފޮށިތައް ބަންދުކުރެވޭނީ މިރޭ 8 ޖަހާއިރު ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީ އިން ބުނީ މިރޭ 8 ޖަހާ އިރު ބަންދުކުރެވޭނީ މެންދުރު 1 ގެ ފަހުން ވޯޓުލުމުގެ ކަންކަން ފެށި މަރުކަޒުތަކުގެ ފޮށިތައް ކަމަށެވެ.
އެ ޕާޓީގެ އެތެރޭގެ އިންތިޚާބު މިއަދު ހެނދުނު 9.00 ގައި ފެށިނަމަވެސް ވޯޓުލާ ބައެއް މަރުކަޒުތަކުގައި އެކި ސަބަބުތަކާ ހުރެ ވޯޓުލުން ފެށި ވަގުތު ވަނީ ލަސްވެފަ އެވެ.
- ހެނދުނު 09:30 އާއި 11:00 އާ ދެމެދު ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 18.00
- ހެނދުނު 11:00 އާއި 13:00 އާ ދެމެދު ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 19.00
- މެންދުރު 13:00 ގެ ފަހުން ވޯޓުލުން ފެށުނު ތަންތަން ނިމޭ ގަޑި 20.00
އެމްޑީޕީން ބުނީ ވޯޓުލުން ފަހުން ފެށި މަރުކަޒުތަކުގެ ކިޔުގައި ބަޔަކު ނެތް ނަމަވެސް އެ ވޯޓު ފޮށިތައް ބަންދު ކުރާނީ މަތީގައިވާ ގޮތަށް ކަމަށެވެ. އަދި ކިއުގައި މީހުން ތިބި ނަމަ އެމީހުން ވޯޓުލާ ނިމެންދެން ވޯޓުލުން ކުރިއަށް ގެންދާނެ ކަމަށެވެ.
އެ ޕާޓީގެ އިންތިޚާބުގައި 455 މަގާމަކަށް 735 މެމްބަރުން ވަނީ ކުރިމަތިލާފަ އެވެ.
މި އިންތިޚާބުގައި 300 އެއްހާ ވޯޓު ފޮށި ބަހައްޓާފައިވާ އިރު، 93،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް