މާލޭގައި މިދުވަސްކޮޅު ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ ފްލޫ ކްލިނިކެއް ހުޅުވަން އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ނިންމައިފި އެވެ.
އެ ހޮސްޕިޓަލުން ބުނީ ވޭތުވެދިޔަ ދެތިންމަސް ދުވަހަށް ބަލާއިރު، މިދުވަސްވަރު ހުމާއި ރޯގާގެ އަލާމާތްތައް ގިނައިން ފެންނަމުންދާ ކަމަށެވެ.
އެހެންވެ، މި ކްލިނިކުން މާދަމާ ޚިދުމަތް ދޭން ފަށާނެ ކަމަށާއި މި ކްލިނިކް ހުންނާނީ ފުޓްބޯލް އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) ކުރިން ހުރި ޢިމާރާތުގައި ކަމަށް ވެސް އައިޖީއެމް ހޮސްޕިޓަލުން ބުނެ އެވެ.
މީގެ އިތުރުން މި ކްލިނިކް ހުޅުވާފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 08:30 އިން ރޭގަނޑު 10 އަކަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.
އައިޖީއެމްއެޗުން ހާމަ ކުރެއްވި ގޮތުގައި މިއީ ހުމާއި، ރޯގާ އަދި ކެއްސުން ފަދަ އަލާމާތްތައް ފެންނަ ފަރާތްތަކަށް ފަސޭހައިން ޚިދުމަތް ފޯރުކޮށް ދިނުމުގެ ގޮތުން ހުޅުވި ކްލިނިކެއް ކަމަށާއި އެހެންކަމުން ރޯގާގެ އަލާމާތްތައް ފެނިއްޖެނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގެ އަލަށް ހުޅުވި ކްލިނިކަށް ދިއުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
https://twitter.com/igmhmv/status/1441714542334021636
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް