ޖާބިރަށް ހަމަލާދީގެން މަތިވެރިން ހައްޔަރު ކުރި މީހުންގެ ބަންދަށް ހަތް ދުވަސް

އއ. މަތިވެރީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ. ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ...

25 Sep 2021 | 12:03

އއ. މަތިވެރީގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.

ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގީ މިދިޔަ އަންގާޜަ ދުވަހުގެ ރޭ އެވެ. އޭނާ އާއި ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުން ހިމާޔަތް ހޯދާފައިވަނީ މަތިވެރީ ޕޮލިސް ސްޓޭޝަނުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެރޭ ހިންގި ހަމަނުޖެހުންތަކުގައި ޖާބިރަށް ހަމަލާދިންކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެމީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ޖަހައިދީފަ ވާ ކަމަށެވެ.

އެ މައްސަލަ ހައްޔަރު ކުރީ 29 އަހަރާއި 42 އަހަރުގެ ދެ ފިރިހެނުންނެވެ.

އެރޭ ޖާބިރު އެ ރަށުން ފޭބީ ފުލުހުންގެ ހިމާޔަތުގައި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށަށް ޖާބިރު ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގީ އޭނާ އެ ރަށުން ކުއްޔަށް ހިފައިގެން ގެސްޓު ހައުސް ހިންގާ ބިމު ކުލި ކައުންސިލަށް ނުދައްކާތީ އެވެ. 2017 ވަނަ އަހަރުން ފެށިގެން އެ ބިމުގެ ކުލި ޖާބިރުގެ ކުންފުނިން ނުދައްކާ ކަމަށްވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް