ބޮޮލީވުޑްގެ ތަރި ކާތިކް އާރްޔަން ކުރިޔަށް އޮތް ފިލްމު 15 ކްރޯޑް އިންޑިއަން ރުޕީސްއަށް ކުޅެދޭން އެއްބަސްވެއްޖެ އެވެ.
މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމެއްގެ ޝޫޓިން މެދުކެނޑި ދިގުލައިދާން ފެށުމުން އެހެން ފިލްމުތަކަށް ވަގުތު ދޭތީ ކަރަން އާއި ކާތިކާއި ދެމީހުންގެ ދެމެދުގައި އޮތީ ވަރަށް ބޮޑަށް މައްސަލަ ޖެހިފަ އެވެ. އެ މައްސަލަ ގަނޑުގަ އެންމެ ހީކުރީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަންއަށް ގޮންޖަހައި ކާތިކް މަސައްކަތް ކުރަން ފެށުމުން އޭނާގެ ކެރިއަރަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
އެކަމަކު ކަން ވަނީ އެހެނެއް ނޫނެވެ. ކަރަން ރުޅިއައިސްގެން ދެން ދަރްމާގެ އެއްވެސް ޕްރޮޖެކްޓެއްގައި ކާތިބް ކައިވެރި ނުކުރަން ނިންމިޔަސް ކާތިކަށް އެކަމުން މާބޮޑު އަސަރެއް ނުކުރާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
އެގޮތުން މިދިޔަ ހަފްތާ ތެރޭގައި ކާތިކް ވަނީ އަދި ނަމެއް ދީފައި ނުވާ ޕްރޮޑިއުސަރު ސާޖިދް ނަޑިއަޑްވާލާގެ ކުރިޔަށް އޮތް ފިލްމު 15 ކްރޯޑު ރުޕީސްއަށް ކުޅެދޭން އެއްބަސްވެފަ އެވެ. ކާތިކްގެ ގާތް މީހަކު ބުނެފައިވާގޮތުގައި އޭނާ ފުރަތަމަ އެ ފިލްމު ކުޅެދޭން ބުނީ 18 ކްރޯޑު ރުޕީސްއަށް ކަމަށާއި އެކަމަކު ޑައިރެކްޓަރު ވާހަކަ ދެއްކުމުން އަގު ކުޑަކޮށްދިނީ ކަމަށެވެ.
އެ ފިލްމުގައި ކާތިކް އާއި އެކު އަންހެން ލީޑް ރޯލުން ފެނިގެންދާނީ ކިއަރާ އަދްވާނީ އެވެ. އެންމެ ފުރަތަމަ އެ ރޯލު ދޭން ހަމަޖެއްސީ ޝްރައްދާ ކަޕޫރަށް ކަމަށްވެ އެވެ. އެކަމަކު އޭނާގެ ޑިމާންޑުތައް މާ ގިނަވެފަ ބުރަ ބޮޑުވެގެން ސާޖިދު ހިތްހަމަ ނުޖެހިގެން ކިއަރާއަށް އެ ފުރުސަތު ހުށަހެޅީ އެވެ.
އެ ފިލްމަކީ އާދައިގެ ލޯބީގެ މަޖާ ފިލްމެއް ކަމަށްވެ އެވެ.
ކާތިކް އެންމެ އަވަހަށް ދެން ފެންނާނީ ނެޓްފްލިކްސްގައި ރިލީޒް ކުރާ ފިލްމު "ދަމާކާ" އިންނެވެ. ކުރިޔަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ފްރޭޑީ"، "ޝެހްޒާދާ" އަދި "ކެޕްޓަން އިންޑިއާ" ހިމެނެ އެވެ.
މީގެ ތެރެއިން ފިލްމު "ދަމާކާ" ކާތިކ ކުޅެދީފައިވަނީ 21 ކްރޯޑު ރުޕީސް އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް