ސްނޭހާ ޑޫބޭގެ ވަރުގަދަ ރައްދެއް ޕާކިސްތާނާއި ދެކޮޅަށް

އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ފަސްޓް ސެކެޓަރީ ސްނޭހާ ޑުބޭ ޕާކިސްތާންގެ ބޮޑުވަޒީރުގެ ވާހަކަފުޅަށް ވަރުގަދަ ރައްދެއް ދީފި އެވެ. ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ގެ ...

25 Sep 2021 | 10:49

އ.ދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން އިންޑިއާގެ ފަސްޓް ސެކެޓަރީ ސްނޭހާ ޑުބޭ ޕާކިސްތާންގެ ބޮޑުވަޒީރުގެ ވާހަކަފުޅަށް ވަރުގަދަ ރައްދެއް ދީފި އެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު އިމްރާން ޚާން ގެ ވާހަކަ ފުޅުގައި ކަޝްމީރަށް ނިސްބަތްކޮއް ދަކަވާފައިވާ ވާހަކަ ފުޅަށް ރައްދެއްގެ ގޮތުގައި ސްނޭހާ ވިދާޅުވީ އޭނާ ބޭނުންވަނީ، ޕާކިސްތާނު ހިމެނޭގޮތައް، އަވައްޓެރި ހުރިހާ ގައުމުތަކާއި އެކުވެސް ރަނގަޅު ގުޅުމެއް ބޭއްވުމަށެވެ.

އޭގެ ބަދަލުގައި އިމްރާން ޚާން މަސައްކަތް ކޮއްފައިވަނީ އޭނާގެ ޤައުމުގައި ހިނގާ ޓެރަރިސްޓް އަމަލުތަކާއި އާންމު ފަރުދުންގެ ހާލަތު ފޮރުވާލައި ދުނިޔޭގެ ލޯތަކުގެ އަމާޒު އަނބުރާލުމަށެވެ.

މީގެ އިތުރުން ސްނޭހާ ވިދާޅުވެފައިވަނީ ޕާކިސްތާނަކީ ޓެރަރިސްމްއާއި ޓެރަރިސްޓް އަމަލުތަކުގައި އެކި ގޮތްގޮތުން އެހީވާ ބައެއްކަމުގައެވެ.

އަދި އެމީހުންގެ ނުހައްގު ގޮތުގައި ހިފައިގެން އުޅޭ ހުރިހާ ހިސާބުތަކެއް ވަގުތުން ދޫކޮއްލުމަށް ގޮވާލިއެވެ.

ނޭހާގެ ބަސްތަކަށް މީސްމީޑިއާގައި އެތަކެއް ތައުރީފެއްދަނީ އޮހެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް