ލ. އިސްދޫގައި ކުޑަކުއްޖަކު ބޮމެއްގެ ސިފައިގަ އޮތް އެއްޗެއް ހޮވައިފި އެވެ.
އެ ކުއްޖާއަށް ބޮން ގޮތަށް އޮތް އެތި ފެނިފަ ވަނީ ކަމެއްގައި އެ ރަށު މަގުމަތި ކޮނުނު ދުވަހު ކަމަށްވެ އެވެ. އަދި މިހާރު އޭތި ވަނީ އެމްއެންޑީއެފް އާއި ހަވާލުކޮށްފައި ކަަމަށް އެ ރަށުން "ދުވަސް" އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އެ ފެނިގެން ރިޕޯޓުކޮށްފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
އޭނާ ވިދާޅުވީ އެ ރަށުން އެމްއެންޑީއެފާއި އެ ހަވާލު ކުރުމުން ބަލާ ޗެކު ކުރި ކަމަށެވެ. އަދި އެނގުނު ގޮތުގައި އެއީ ބޮމެއްގެ ސިފައަށް ހަދާފަ އޮތް ގޭސް ލައިޓަރެއް ކަމަށް އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.
އެއީ އެއްވެސް ނުރައްކަލެއް އޮތް އެއްޗެއް ނޫން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް