ކާނިވާ ސަރަހައްދުގައި ޕާކިންގ ޒޯނެއް ތަރައްގީ ކުރަނީ - މިއީ 500 އަށްވުރެ ގިނަ ޖާގައިގެ ތަނެއް!

މާލޭ ކާނިވާ ސަރަހައްދުގައި ޕާކިންގ ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ. އެ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް، ގައު އެތުރުމުގެ މަސައްކަތް...

25 Sep 2021 | 09:32

މާލޭ ކާނިވާ ސަރަހައްދުގައި ޕާކިންގ ޒޯނެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފި އެވެ.

އެ ކައުންސިލުން ބުނީ ކާނިވާ ސަރަހައްދުގެ ފަސްގަނޑު އެއްވަރުކޮށް، ގައު އެތުރުމުގެ މަސައްކަތް މިދިޔަ މަހުގެ ފަހު ހަފްތާގެ ތެރޭގައި ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ނިމޭއިރު 500 އަށް ވުރެ ގިނަ ވެހިކަލަށް ޕާކުކުރެވޭނެ ޕާކިންގ ޒޯނެއް ތަރައްޤީ ކުރެވޭނެ ކަމަށެވެ.

އެ ސަރަހައްދުގެ މަސައްކަތް ކުރިއަށްދާގޮތް މާލޭ ސިޓީ ކައުންސިލުގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވާފައިވާ އިރު، މާލޭ ސިޓީ ކައުންސިލުން ބުނީ އެ ޕާކިންގ ޒޯނުގައި 500 ސައިކަލާއި 55 ކާރަށް ޕާކް ކުރެވޭނެ ޖާގަ އޮންނާނެ ކަމަށެވެ.

އެހެންކަމުން މިއީ މާލޭގައި މިހައިތަނަށް ހަދާ އެންމެ ބޮޑު ޕާކިންގ ޒޯނަށް ވެގެންދާނެ އެވެ.

މި ޕާކިންގ ޒޯނުގެ މަސައްކަތް ނިންމާ ވީހާވެސް އަވަހަކަށް ރައްޔިތުންނަށް ޚިދުމަތް ލިބިގަތުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދާކަމަށް ވަނީ ހާމަކޮށްފަ އެވެ.

https://twitter.com/MaleCitymv/status/1441011456548298753

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް