ރާއްޖޭގެ ރަށްތަށް ހައި ސްޕީޑް ފެރީ އަކުން ގުޅާލަނީ - ފުރަތަމަ ލޯންޗު ބާލައިފި

ރާއްޖޭގެ ސަރުކާރުން ފޯރުވައިދޭ ދަތުރު ފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނާނެ ހައި ސްޕީޑް ފެރީ ނެޓްވޯކުގެ ފުރަތަމަ އުޅަނދު ބާލައިފި އެވެ. މި އުޅަނދު މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އެމ...

25 Sep 2021 | 09:05

ރާއްޖޭގެ ސަރުކާރުން ފޯރުވައިދޭ ދަތުރު ފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބެއް ގެންނާނެ ހައި ސްޕީޑް ފެރީ ނެޓްވޯކުގެ ފުރަތަމަ އުޅަނދު ބާލައިފި އެވެ.

މި އުޅަނދު މޫދަށް ބޭލުމުގެ ވީޑިއޯއެއް ހިއްސާ ކުރައްވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ ރަށްތައް މިފަދަ ފެރީ އަކުން ގުޅާލުމަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށެވެ.

އިތުރަށް ވިދާޅުވި ގޮތުގައި މި ވަޢުދު ފުއްދުމަށްޓަކައި އެމްޓީސީސީގެ މުވައްޒަފުންނަށާއި ޕްލޭނިންގ މިނިސްޓަރު އަސްލަމް ދެއްވި ލަފަޔަށް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިހާރު އެމްޓީސީސީން ބޭނުންކުރާ އުޅަނދު ތަކާބަލާއިރު މި ފެރީތައް ތިން ގުނަ ބާރުމިނުގައި ދަތުރުކުރާނެ އެވެ. އަދި ފެރީއެއްގައި 50 މީހުން އެއްފަހަރާ އުފުލޭނެ އެވެ.

ފުރަތަމަ ދަތުރުތައް ފެށިގެންދާނީ ހއ، ހދ، އަދި ށ އަތޮޅުގަ އެވެ.

ހަފްތާގެ ހުރިހާ ދުވަހަކު ފެރީގެ ޚިދުމަތް ދިނުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ނިންމާފައިވާ ކަމަށްވެސް އާޒިމް މީގެ ކުރިން ވިދާޅުވި އެވެ.

https://twitter.com/adamazim/status/1441649833178112008

މި މަޝްރޫޢުގައި ސޮއި ކޮށްފައިވަނީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްފާތިމަތު ޝާނާ ފާރޫގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް