އެންމެންގެ ބައިވެރިވުމާއެކު ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް އަމާޒު: ރައީސް ނަޝީދު

އެންމެންގެ ބައިވެރިވުމާއެކު ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުކުރިއަށް...

25 Sep 2021 | 08:52

އެންމެންގެ ބައިވެރިވުމާއެކު ވޯޓު ފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދުކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ނިސްބަތްކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އަދަކީ ގައުމިއްޔަތެއް ބިނާކުރުމުގައި ފަޚުރުވެރި ކާމިޔާބީއެއް ހޯދޭ ދުވަހެއް ކަމަށެވެ.

https://twitter.com/MohamedNasheed/status/1441670939683344384

އެމަނކިފާނު މިފަދައިން ވިދާޅުވެ ޓްވީޓު ކުރައްވާފައިވާ އިރު، އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ގޮތް ދޯދިޔާ ކަމުގެ ޝަކުވާ ޕާޓީގެ މެމްބަރުންގެތެރޭގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

އެގޮތުން މާލެ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަކްރަމް ކަމާލުއްދީން ވަނީ އާންމު ރައްޔިތެއްގެ ފަރާތުން ލިބިވަޑައިގެންނެވި ޝަކުވާގެ މެސެޖެއް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފަ އެވެ.

https://twitter.com/Akramkdeen/status/1441643434360520710?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1441643434360520710%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fjazeera.mv%2F112416%2F

އެމްޑީޕީގެ މިފަހަރުގެ އިންތިޚާބުގައި 455 ދާއިރާއަކަށް މީހުން އިންތިޚާބު ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މި އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރާ އިރު، މި އިންތިޚާބުގެ ވޯޓުލުން މިއަދުހަވީރު 5 ޖެހުމާއި ހަމައަށް ކުރިއަށްދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް