ހިތަދޫ ފްލެޓް ސަރަޙައްދުގައި ސެކިއުރިޓީ ބެލެހެއްޓޭނެ ހަރުދަނާ އެއްވެސް ނިޒާމެއް ނެތް

އައްޑޫ ސިޓީ ހިތަދޫގެެ ފްލެޓް ސަރަޙައްދުގައި ސެކިއުރިޓީ ބެލެހެއްޓޭނޭ ހަރުދަނާ ނިޒާމެއް ޤާއިމު ކުރެވިފައި ނެތުމާއެކު، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ. ...

25 Sep 2021 | 08:21

އައްޑޫ ސިޓީ ހިތަދޫގެެ ފްލެޓް ސަރަޙައްދުގައި ސެކިއުރިޓީ ބެލެހެއްޓޭނޭ ހަރުދަނާ ނިޒާމެއް ޤާއިމު ކުރެވިފައި ނެތުމާއެކު، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިހެން ހާމަކޮށްފައި މިވަނީ މިި ފަހުން އައްޑޫ ސިޓީގައި ވަނީ މާރާމާރީތައް ވެސް ގިނަވެފައިވާ ދުވަސްވަރެއްގަ އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި ފްލެޓްތަކުގައި މީހުން ދިރި އުޅެން ފެށިފަހުން ވަނީ މާރާމާރީ އާއި ހަމަނުޖެހުން އެސަރަހައްދުގައި އާންމުވެފަ އެވެ.

އެގޮތުން މިމަހު ސަތާރަ ވަނަ ދުވަހު ހިނގި މާރާމާރީގެ ފޮޓޯތަކާއި ވީޑީއޯ ދައުރު ވެފައިވާއިރު ފްލެޓެއްގެ އެޕާޓްމަންޓާއި ސިޑިމަތީގައި ވެސް ލޭ ހުއްޓެވެ.

އެހެން ކަމުން ފްލެޓް ސަރަހައްދުގައި ދިރިއުޅެމުންދާ ފަރާތްތަކުން ސެކިއުރިޓީއާ ގުޅޭގޮތުން ގިނަ ޝަކުވާތައް އަންނަމުންދާކަމަށް ހިތަދޫމޫލެކެޑެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސައީދު ރާއްޖޭގެ ބައެއް އޮންލައިންތަކަށް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އޭނާއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ ފްލެޓް ސަރަޙައްދުގައި ސީސީޓީވީ ހަރުކުރުމުގެ މަސައްކަތް މިހާރުއަންނަނީ ކުރަމުން ނެވެ. އަދި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އެމަސައްކަތަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ދަނީ ކުރަމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް