އިންޑިއާގެ ވެސްޓް ބަންގާލަށް މޫސުން ގޯސްވެ، ތޫފާނެއްގެ އިންޒާރު ދީފި އެވެ.
އިންޑިއާގެ މޫސުމާއިބެހޭ އިދާރާ އިން ބުނެފައިވަނީ އޮޑިޝާ އަދި އަންތްރަ ޕްރަދޭޝް އަށް މޫސުން ވަރަށްބޮޑަށް ގޯސްވެ، ބޯކޮށް ވާރޭ ވެހެމުންދާ ކަމަށެވެ. އަދި އެ ސަރަހައްދުގައި އުފެދިފައިވާ ވިއްސާރަ ވިލާތައް ތޫފާނަކަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ.
އިންޑިއަން މީޓިއޮރިލޮޖިކަލް ޑިޕާޓްމެންޓް (އައިއެމްޑީ) އިން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ސަމާލުވެ ތިބުމަށާއި މޫސުމަށް ރައްކާތެރިވެ ތިބުމަށް ގޮވާލާފަ އެވެ.
މީގެ އިތުުރުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކަށް ވެސް ވަނީ އެމްއައިޑީ އިން ގޮވާލާފަ އެވެ.
އެމްއައިޑީ އިން ބުނީ މިހާރުއުފެދިފައިވާ ވިއްސާރަ ވިލާތަށް ތޫފާނަކަށް ބަދަލުވެއްޖެ ނަމަ، ވިލާގަނޑުގައި ގާތްގަޑަކަށް 150 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް