އިޒްރާއީލުން ހަމަލާދީ ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލައިފި އެވެ.
ޢުމުރުން 27 އަހަރުގެ މި ޒުވާނާ ޝަހީދުކޮށްލާފައިވަނީ ފަލަސްތީނުގެ ބިންތަކުގައި ޤަވައިދާ ޚިލާފަށް ޔަހޫދީން އާބާދު ކުރުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ވެސްޓްބޭންކުގެ ބެއިތާ ގައި ބޭއްވި ހިނގާލުމަކުން ނެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޝަހީދުވެފައިވަނީ މުހައްމަދު އަލީ ޚަބައިސާ ނަމަކަށް ކިޔާ ޒުވާނެކެވެ. އަދި އިސްރާއީލުގެ ސިފައިން ބަޑި ޖަހާފައިވަނީ އޭނާގެ ބޮލަށް ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ މުހައްމަދު އަލީ ޚަބައިސާގެ ބޮލަށް ލައިވް ފަސް ވަޒަން ވަނީ އަރާފަ އެވެ.
އޭނާއަށް ފަރުވާ ދިނުމަށް ނޮދަން ވޭސްޓްބޭންކުގެ ނާބުލްސްއަށް ގެންދެވުނު ކަމަށާއި ޝަހީދުވީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއް ފަހުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
މީގެ އިތުރުން ރިޕޯޓުތަކުން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ދިން މިހަލާތަކުގައި ފަލަސްތީނުގެ 8 މީހަކަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފަ އެވެ.
އިސްރާއީލުން ގެންދަނީ ކޮންމެ ދުވަހަކު ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ހަމަލާދީ އެގައުމުގެ ރައްޔިތުން ޝަހީދު ކުރަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް