ހދ. ނޮޅިވަރަމް އާއި ށ. މިލަންދޫ މޮނިޓަރިން އިން ނަގައި އާންމު ހާލަތަށް ގެނެސްފި އެވެ.
މީގެ ތެރެއިން މިލަންދޫ މޮނިޓަރިންއަށް ލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ. ނޮޅީވަރަމް މޮނިޓަރިންއަށްލީ އޮގަސްޓު 28 ވަނަ ދުވަހު އެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އެ ދެ ރަށު ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މޮނިޓަރިންއަށް ލައި އެޅި ފިޔަވަޅުތައް އުވާލާފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މޮނިޓަރިންގެ ހާލަތުން ނެގި ބަލި އިތުރަށް ނުފެތުރޭކަން ކަށަވަރު ކުރުމަށް ފަހު އެވެ. އަދި މޮނިޓަރިން އިން ނެގުމުގެ ކުރިން ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ދެ ރަށުންވެސް ކޯވިޑަށް ޓެސްޓު ކޮށްފައިވާ ކަމަށެވެ.
މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ 15 ރަށެކެވެ.
އޭގެ ތެރެއިން މިހާރު މޮނިޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ކ. ގާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް