އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބު ކުރިޔަށް ދަނީ، ޝަކުވާ މިހާރު ހުށަހެޅޭނެ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ފޯރިއާއި އެކު ކުރިޔަށް އެބަދެ އެވެ. އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދަނީ މިއަދު ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އިންތި...

25 Sep 2021 | 06:33

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން ފޯރިއާއި އެކު ކުރިޔަށް އެބަދެ އެވެ.

އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދަނީ މިއަދު ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އިންތިހާބުގައި 733 ކެންޑިޑޭޓުން ވާދަ ކުރާއިރު ވޯޓުލުމުގެ ހައްގު ލިބިގެންވާ 92،743 މީހުން އެބަތިއްބެވެ.

އެމްޑީޕީން ބުނީ މިއަދުގެ ވޯޓާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އޮންލައިންކޮށާއި އެސްއެމްއެސް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ގައުމީ މަޖިލީހުގެ އެކި ދާއިރާތަކަށް 455 މީހުން ހޮވަންޖެހޭ އެވެ. އެކަމަކު އިތުރު މީހަކު ވާދަ ނުކުރާތީ 165 މީހުން ވަނީ ވޯޓަކާ ނުލައި އިންތިހާބު ވެފަ އެވެ.

އެމްޑީޕީން ބުނީ މުޅި ރާއްޖޭގައި 300 ވޯޓު ފޮށި ބެހެއްޓިފައިވާ ކަމަށެވެ. އަދި ވޯޓު ފޮށިތައް ކައިރީ 900 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވެ އެވެ.

މިއަދުގެ ވޯޓަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތެރެއިން ތާއީދު ބޮޑު ބޭފުޅެއް ހާމަވެގެންދާނެ އިންތިހާބެކެވެ. ގިނަ އަދި މުހިންމު ދާއިރާތަކަށް ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ދެ ފެކްޝަނުން ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް