އުމްރާނީގޮތުން ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރާފައިވާ ޤައުމުކަމުގައިވާ ޔޫއޭއީގެ ދުބާއީގައި ދުނިޔޭގެ އެންމެ ބޮޑު އާޓް ޓަވަރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި އިމާރާތަކީ އުސްމިނުގައި 170 މީޓަރު ހުންނަ 50 ބުރީގެ އިމާރާތެކެވެ. ދުބާއީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ މިހާތަނަށް ދުނިޔޭގައި އިމާރަތް ކުރެވޭ އެންމެ ބޮޑު އާޓް ޕީސް ޓަވަރަށް ވެގެން ދާނެއެވެ.
މި ޓަވަރަކީ އިސްރާއީލުގެ އާޓިސްޓެއް ކަމުގައިވާ ޒައިގޯގެ ހިޔާލައް ބިނާކުރެވޭ ޓަވަރެކެވެ. މި ޓަވަރު ޑިޒައިން ކޮށްފައިވަނީ ކޮލޮތް ޕިން (ހެދުމުގައި ޖަހާ ދަތި) އެއްގެ ޑިޒައިނަށެވެ. ޒައިގޯ ދެކޭ ގޮތުގައި މިއީ އުންމީދާ ލޯބި އެކުގައި ރަމްޒު ކޮށްދޭނެ ޓަވަރެކެވެ.
މި ޓަވަރުގައި ޝޮޕިންގް ސެންޓަރަކާއި، ރެސްޓޯރެންޓަކާއި، އާޓް ގެލެރީސް އަދި ލަގްޒަރީ ފެންވަރުގެ ހޮޓަލަކާއި އެޕާޓްމެންޓްތައް ވެސް ހުންނާނެއެވެ.
މި ޓަވަރުގެ މަސައްކަތް ފެށުމަށް ހަމަ ޖެހިފައިވަނީ 2023 ވަނަ އަހަރުގައެވެ. އަދި ނިމޭނެކަމަށް ލަފާކުރެވެނީ 2026 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް