ފަތުރުވެރިކަމާއި ގުޅުންހުރި އެގްޒިބިޝަނެއް ކަމުގައިވާ ސާޓޭ ޖެންއެކްސް ގައި ރާއްޖެއިން ބައިވެރި ވެއްޖެއެވެ.
މި އެގްޒިބިޝަނަކީ އިންޑިޔާގައި ބާއްވާ ވާޗުއަލް އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަނުގައި ރާއްޖެ ތަމްސީލު ކޮށްދީފައިވަނީ ވިޒިޓް މޯލްޑިވްސް އަދި އިންޑަސްޓްރީގެ ޕާޓްނަރުންނެވެ.
ވިޒިޓް މޯލްޑިވްސް އިން މި އެގްޒިބިޝަނުގައި ވަނީ ރާއްޖެ ތަމްސީލުކުރުމުގެ ގޮތުން ފަތުރުވެރިކަމާއި ގުޅުންހުރި މަޢުލޫމާތު ހިއްސާކޮށް އެކަމަށް ޚާއްސަ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅައިދީފައިވެއެވެ.
މިފަދަ އެގްޒިބިޝަނެއް ބޭއްވިގެން ދިޔުމުގެ މައިގަނޑު ބޭނުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ގުޅުންބަދަހިކޮށް އެއްޕްލެޓްފޯމަކުން ދިމާވެ ފުރުސަތުތައް އިތުރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް