ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރުގެ އާއިލާ މަހެއްގެ ދެ ތެރޭގައި ދެ ފަހަރު ރާއްޖެއަށް ވަނީ އައިސްފަ އެވެ.
އެއީ މިދިޔަ މަހު 16 ވަނަ ދުވަހު ސައިފްގެ އުފަން ދުވަސް ފާހަގަ ކުރަން އަދި މިމަހުގެ 21 ވަނަ ދުވަހު ކަރީނާގެ އުފަން ދުވަސް ފާހަގަ ކުރާށެވެ. ދެ މީހުންގެ ދަތުރުގައި ދެ ދަރިން ކަމަށްވާ ތައިމޫރާއި ޖެހަންގިރް އަލީ ހާން (ޖޭ) އާއި ދެ ކުދިން ބަލަން ގެންގުޅޭ ފަސް ވަރަކަށް މުވައްޒަފުންވެސް ބައިވެރިވި އެވެ.
މިއަހަރު އާއިލާ އެންމެންގެ އުފަން ދުވަސް ފާހަގަ ކުރަން ރާއްޖެ އަންނަމުން ދާތީ ރިޕޯޓުތައް ބުނާ ގޮތުގައި ކުރިޔަށް ހުރި އާއިލާ އެންމެންގެ އުފަން ދުވަސް ފާހަގަ ކުރަން އެ ދެމަފިރިން އަންނާނީ ރާއްޖެ ކަމަށް ބެލެވެ އެވެ. އެގޮތަށް ބަލައިރު ދެން އެންމެ އަވަހަށް އެ އާއިލާ ރާއްޖެ އަންނާނެ ކަމަށް ބެލެވެނީ ސެމްބަރުގަ އެވެ.
ޑިސެމްބަރު 20 ވަނަ ދުވަހަކީ ސައިފާ ކަރީނާގެ ދޮށި ދަރިފުޅު ތައިމޫރުގެ ހަތަރު ވަނަ އުފަން ދުވަހެވެ. ޖޭގެ އުފަން ދުވަހަކީ ފެބްރުއަރީ 21 ވަނަ ދުވަހެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު އެ އާއިލާ ރާއްޖެއަށް އައިސްފާވިރު ޖޭ ލިބުން ފަހުން ގައުމުން ބޭރަށް ދަތުރު ކުރީ ރާއްޖެއަށް އެކަންޏެވެ. ކަރީނާ ވަނީ މިދިޔަ މަހާއި މި މަހު ރާއްޖެއަށް ކުރި ދަތުރުތަކުގައި އުފާވެރި ހިތްގައިމު ވަގުތުތަކެއް ހޭދަ ކޮށްފައިވާކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ.
މި ދުވަސްކޮޅު ދެ ތަރިންވެސް އުޅެނީ ބޮޑު ބްރޭކެއް ނަގައިގެންނެވެ.
ކަރީނާ ވިހަން ވެގެން ފިލްމު ކުޅުން މެދުކަނޑާލި ފަހުން އަދި ރަސްމީކޮށް އެއްވެސް ފިލްމެއްގެ މަސައްކަތެއް ނުފަށައެވެ. ސައިފް ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރު ރިލީޒް ކުރާ ފިލްމު "އާދީޕުރުޝް" އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް