ނިއާ ބޮލީވުޑް ފިލްމެއް ނުލިބުމުން ހުރިހާ ރުޅިއެއް ބޭލީ ތަރިންގެ ދަރިންނަށް!

އިންޑިއާގެ ޓީވީ ތަރި ނިއާ ޝަރުމާ ބޮލީވުޑަށް ނުކުންނަށް ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވުމުން ހުރިހާ ރުޅިއެއް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންނަށް ބާލައިފި އެވެ. ނިހާ ވަނީ ދާދި ފަހުން ...

25 Sep 2021 | 05:00

އިންޑިއާގެ ޓީވީ ތަރި ނިއާ ޝަރުމާ ބޮލީވުޑަށް ނުކުންނަށް ކުރަމުންދާ މަސައްކަތަށް ހުރަސްތަކެއް ކުރިމަތިވުމުން ހުރިހާ ރުޅިއެއް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންނަށް ބާލައިފި އެވެ.

ނިހާ ވަނީ ދާދި ފަހުން ކަންގަނާ ރަނާވަތު ލީޑްރޯލުން ފެނިގެންދާ ފިލްމު "މަނިކަރްނިކާ" ގެ ރޯލެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެކަން ކާމިޔާބު ނުވުމުން ބުނެފައިވަނީ ދިޔައީ ބޭކާރު ވަގުތުތަކެއް ކަމަށެވެ.

އޭނާއަށް ލިބުނު ޖަވާބަކީ ނިއާ ބަލާލާފަ އަދި ބޮލީވުޑަށް ނުކުންނަން ތައްޔާރު ވައްތަރު ނުޖަހާ ކަމަށެވެ. ނިއާ ރުޅިއައީ އެކަމާއި އެވެ.

ރޭޑީއޯ އިންޓަވިއުއެއްގައި ނިއާ ބުނީ އޭނާގެ މޫނު މަތީގައި އެ ވައްތަރު ނުޖަހާނަމަ ބޮލީވުޑްގެ މަޝްހޫރު ފަންނާނުންގެ ދަރިންގެ މޫނުމަތިންވެސް ފިލްމު ކުޅެވޭނެ ވައްތަރު ނުޖަހާ ކަމަށެވެ. އޭނާ ވަނީ މަޝްހޫރު ޑައިރެކްޓަރުންގެ ބޮޑެތި ފިލްމުތައް ކުޅެގެން މާޝްހޫރުވަމުން ދާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ދަރިންނަކީ އެމީހުންގެ ދަރިންނަށް ނުވާނަމަ ޑައިރެކްޓަރުން ބަލާލާނެތޯ ސުވާލުކޮށްފަ އެވެ.

ނިއާ ބުނީ ދެން ބޮލީވުޑް ފިލްމެއް ހޯދަން އޭނާ މަސައްކަތް ނުކުރާނެ ކަމަށެވެ.

ނިއާ ފެނިގެން ދިޔަ މަޝްހޫރު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ސްޓާ ޕްލަސްގެ "އޭކް ހަޒާރޯން މޭ މޭރޭ ބެހެނާ ހޭ" އަދި ޒީޓީ ޓީވީގެ "ޖަމައި ރާޖާ" ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް