ރާއްޖޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދު 391،542 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސި (އެޗްފީއޭ) ގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި މިހާރު ކުރިއަށް ގެންދާ ޤައުމީ ވެކްސިން ޕްރޮގްރާމްގެ ތެރެއިން މިމަހުގެ 23 ވީ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވެކްސިންގެ ދެވަނަ ޑޯޒު ޖެހި އަދަދު ވަނީ 335،199 އަށް އަރާފައެވެ.
ބުރާސްފަތި ދުވަހު 115 މީހަކު ވަނީ ކޮވިޑް ވެކްސިންގ ފުރަތަމަ ޑޯޒު ޖަހާފައެވެ. މީގެ ތެރެއިން 77 މީހުންނަކީ މާލެ ސަރަހައްދުން ވެކްސިންގ ފުރަތަމަ ޑޯޒު ފުރިހަމަ ކުރި މީހުންނެވެ. އަތޮޅު ތަކުން އެދުވަހު ވެކްސިންގ ފުރަތަމަ ޑޯޒު ޖެހީ 38 މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިންގް ދެވަނަ ޑޯޒު ބުރާސްފަތި ދުވަހު 208 މީހަކަށް މާލެ ސަރަޙައްދުން ޖަހައިދީފައިވެއެވެ. އަތޮޅުތަކުން އެ ދުވަހު ވެކްސިން ދެވަނަ ޑޯޒު ފުރިހަމަ ކުރީ 601 މީހުނެވެ.
މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 391،542 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ދިނުމަށް ބޭނުންކުރަނީ ސިނޮފާމް، އެސްޓްރަޒެނިކާ އަދި ފައިޒާ ވެކްސިނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް