އިންޑިއާގަ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި 28 އެކުވެރިން ހައްޔަރުކޮށްފި

އިންޑިއާގެ މުމްބާއީގެ ސަރަހައްއްދެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕް ކުރި 28 މީހުން ހައްޔަރުކޮށްފި އެވެ. އެ މައްސަލަ ފުލުހުންނަށް އަންހެން ކުއްޖާ ރިޕޯޓު ކުރީ މިދިޔަ ބު...

25 Sep 2021 | 03:34

އިންޑިއާގެ މުމްބާއީގެ ސަރަހައްއްދެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕް ކުރި 28 މީހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަލަ ފުލުހުންނަށް އަންހެން ކުއްޖާ ރިޕޯޓު ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އަންހެން ކުއްޖާ ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ އޭނާ ރޭޕް ކުރީ މިދިޔަ ޖެނުއަރީ މަހު ލޯބިވެރިޔާ އެވެ.

އަދި ލޯބިވެރިޔާ ވަނީ އަންހެން ކުއްޖާ ރޭޕް ކޮށް އެ މަންޒަރުތައް ފޮޓޯ ނަގައި ވީޑިއޯކޮށްފަ އެވެ. މިދިޔަ ނުވަ މަސް ދުވަހު އަންހެން ކުއްޖާ ރޭޕް ކުރީ ވީޑިއޯ ތަކާއި ފޮޓޯތައް އޭނާއަށް ފޮނުވައިގެން ބްލެކްމެއިލް ކޮށްގެން ނެވެ.

އަންހެން ކުއްޖާ ބުނީ ރޭޕް ކުރުމުގައި ބައިވެރިވި އެންމެންނަކީ ފިރިހެން ކުއްޖާގެ އެކުވެރިން ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި 18 އަހަރުން މަތީގެ ފިރިހެނުން ހިމެނޭއިރު އެ އެންމެން ދަންނަ ކަމަށްވެސް ފުލުހުންނަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ.

ފުލުހުންނަށް މިހާތަނަށް ހައްޔަރު ކުރެވުން އޭގެ ތެރެއިން 28 މީހުންނެވެ. އެކަމަކު އަންހެން ކުއްޖާ ވަނީ 33 މީހުން އޭނާ ރޭޕް ކުރި ކަމަށްބުނެ އެ އެންމެންގެ ވަނަވަރާއި މައުލޫމާތު ދީފަ އެވެ.

އެހެންވެ ފުލުހުން ދަނީ ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

2012 ވަނަ އަހަރު ވެރިރަށް ނިއުދިއްލީގެ ބަހެއްގެ ތެރޭގައި އަންހެނަކު ގޭންގް ރޭޕް ކުރިފަހުން އިންޑިއާގައި ވަނީ ރޭޕްގެ ކުށަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފަ އެވެ. އެކަމަކު ގާނޫނުަކެއް ހުއްޓަށް ކޭސްތައް މަދު ވަމުން ނުދެއެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑު ބިއުރޯގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ އަހަރު އެ ގައުމުގެ އެކި ސަރަހައްދުތަކުން ރޭޕްގެ 28،046 މައްސަލަ ހުށަހަޅާފަ އެވެ. އެއީ ދުވާލަކު 77 މައްސަލަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް