އަޑުއެހުމެއް ކުރިޔަށް ނުގެންދާތީ މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް!

ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިނިވަން ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދާތީ އެކަން ބަލައި ދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ. މައުމޫން...

25 Sep 2018 | 12:40

ކަފާލާތުގެ ދަށުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިނިވަން ކޮށްދިނުމަށް އެދި ހައި ކޯޓަށް ހުށަހެޅި މައްސަލަ ކުރިޔަށް ނުގެންދާތީ އެކަން ބަލައި ދިނުމަށް ސުޕްރީމް ކޯޓުގައި އެދިއްޖެ އެވެ.

މައުމޫންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގަ އެދިފައިވަނީ ހައިކޯޓުގައި ވީހާވެސް އަވަހަށް އަޑުއެހުމެއް ބާއްވައިދިނުމަށް އަމުރުކޮށްދިނުމަށެވެ.

މައުމޫންގެ ވަކީލް މައުމޫން ހަމީދު މީޑިއާގައި ވިދާޅުވީ އިއްޔެ ސިޔާސީ ހައްޔަރީން ދޫކޮށްލުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރި އިރު އޭގެ ތެރޭގައި މައުމޫން ހިމެނިވަޑައިގެންނަވާ ކަމަށާއި އެކަމަކު އެމަނިކުފާނާއި މެދު އަމަލު ކުރެއްވީ ތަފާތުކޮށް ކަމަށެވެ.

ރައީސް މައުމޫން ދޫކޮށްލުމުގެ މައްސަލައިގައި އިއްޔެ ކްރިމިނަލްް ކޯޓަށް ހާޒިރު ކުރުމަށްފަހު އަލުން ޖަލަށް ގެންދިޔައީ މައްސަލައާ މެދު ގޮތެއް ނުނިންމަ އެވެ.

އެ މައްސަލައިގައި އަޑުއެހުމެއް ބޭއްވުމަށްޓަކައި ޝަރީއަތުގެ މަޖިލިސް ތައްޔާރު ކުރުމަށްފަހު އަޑުއަހާ މީހުން ވެސް ކޯޓަށް ވެއްދި އެވެ. ނަމަވެސް ފަހުން ކޯޓުން ނިންމީ އެ މައްސަލައިގައި އަޑުއެހުމެއް ނުބޭއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް