ހުސްނުއް ސުއޫދު ސަސްޕެންޑު ކޮށްފި

ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސަސްޕެންޑު ކޮށްފި އެވެ. މިއަދު ސުޕްރީމް ކޯޓުން އޭނާ ސަސްޕެންޑު ކުރީ މުއްދަތެއް ނެތް ގޮތަށް އެއްވެސް ކޯޓަކު ވަކާލާތު ނުކުރެވޭ ގޮތަށެވެ. ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނި...

25 Sep 2018 | 12:15

ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ސަސްޕެންޑު ކޮށްފި އެވެ.

މިއަދު ސުޕްރީމް ކޯޓުން އޭނާ ސަސްޕެންޑު ކުރީ މުއްދަތެއް ނެތް ގޮތަށް އެއްވެސް ކޯޓަކު ވަކާލާތު ނުކުރެވޭ ގޮތަށެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ސުއޫދު ސަސްޕެންޑް ކުރީ އިއްޔެ ކުރި ޓުވީޓަކާއި އޭނާއާ ހަވާލާދީ ވީނިއުސްގައި ލިޔެފައިވާ ހަބަރަކާ ގުޅިގެން އެ މައްސަލަ ބަލަމުން ގެންދާތީ ކަމަށެވެ. ނަމަވެސް، އޭގެ ތަފްސީލެއް ޑީޖޭއޭ އިން ނުދެ އެވެ.

ސުއޫދު އިއްޔެ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ގައުމީ އެއްބައިވަންތަކަމުގެ މަސްލަހަތާއި ގައުމުގެ ހަމަޖެހުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އާއި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އިސްތިއުފާ ދެއްވަންޖެހޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ރިޔާސީ ދައުރުގެ މުއްދަތު އިތުރު ކުރަން 2013 ވަނަ އަހަރު ނިންމީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.

ސުއޫދު ސަސްޕެންޑު ކުރުމުން މިއަދު އޭނާ ކުރި ޓުވީޓެއްގައި އަނެއްކާވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ގޮވާލައްވާފަ އެވެ. އަދި އޭނާ މިއަދު ސަސްޕެންޑު ކޮށްފައިވާއިރު މީގެ ފަސް އަހަރު ކުރިން 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަމަ މި ދުވަހު އޭނާ ސަސްޕެންޑު ކުރި ކަމަށް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް