ލީޑަޝިޕް ފެއިލްވެފައިވާ ޕާޓީއަކަށް ސަރުކާރު ޒިންމާދާރު ނުކުރެވޭނެ: ޝުޖާއު ހުސެއިން

ލީޑަޝިޕް ފެއިލްވެފައިވާ ޕާޓީއަކަށް ސަރުކާރު ޒިންމާދާރު ނުކުރެވޭނެކަމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ. ޝުޖާއު ވިދާޅުވީ ރައީސް ޔާމީން އ...

25 Sep 2018 | 09:21

ލީޑަޝިޕް ފެއިލްވެފައިވާ ޕާޓީއަކަށް ސަރުކާރު ޒިންމާދާރު ނުކުރެވޭނެކަމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.

ޝުޖާއު ވިދާޅުވީ ރައީސް ޔާމީން އާއި ޕީޕީއެމްގެ މިއަދުގެ ލީޑަޝިޕް ވަނީ ފެއިލްވެފައި ކަމަށެވެ.

އާދީއްތަ ދުވަހު ކުރިއަށްދިޔަ ރިޔާސީ އިންތިހާބު އިދިކޮޅު އިއްތިހާދުން ކާމިޔާބުކޮށްފައިވާއިރު އެކަމާއިމެދު ޝުޖާއު ވިދާޅެފައިވަނީ ކޯލީޝަން ސަރުޚާރެއް ކާމިޔާބު ނުވާނެކަމަށެވެ.

"ސަރުކާރު ޒިންމާދާރުކުރަން އަޅުގަނޑާއެކު ހިންގަވާ" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ގައުމު އަދިވެސް ހަމަ މަގަށް އެޅުވޭނީ ގައުމުގެ ހުންގާނުގައި ޒުވާނަކު ހުރެގެން ކަމަށެވެ.

ނިމދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޝުޖާއު ކުރިން ނިންމެވި ނަމަވެސް އެ ހިޔާލު ފަހުން ދޫކޮށްލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް